Advertisement

މަޖިލިސް މެންބަރުންގެ މާލީ ބަޔާން ހާމަ ނުކުރާތީ ޓްރާންސްޕޭރެންސީގެ ކަންބޮޑުވުން

3 ޖުލައި 2024 - 18:16 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރައްޔިތުންގެ މަޖިލީހުގެ ިދާރާ -- ފޮޓޯ: އަދަދު


މަޖިލިސް މެންބަރުންގެ މާލީ ބަޔާން ހާމަ ނުކުރާތީ ޓްރާންސްޕޭރެންސީގެ ކަންބޮޑުވުން

3 ޖުލައި 2024 - 18:16 1

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުގެ ހުވާ ކުރެއްވިއިރު، ހުށަހަޅަންޖެހޭ މާލީ ބަޔާން ހުށަނާޅާތީ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކަންބޮޑުވުން ފާޅު ކޮށްފި އެވެ.

އެކްސްގައި ޓްރާންސްޕޭރެންސީން ކުރި ޕޯސްޓެއްގައި ބުނީ މަޖިލިސް މެންބަރުންގެ ހިއްސާ ވިޔަފާރިތަކުގައި އޮތީ ކިހައިވަރަކަށްކަން އެ ބޭފުޅުންނަށް ވޯޓު ދިން ރައްޔިތުންނަށް ސާފު ވާންޖެހޭނެ ކަމަށެވެ.

މާލީ ބަޔާން ހާމަކުރަން، ގާނޫނުއަސާސީ އާއި ގާނޫނުތަކުން ލާޒިމުކުރާ ފަރާތްތަކުން، އެ ބަޔާން ހާމަކުރުން ލާޒިމުކުރާ ގޮތަށް މިދިޔަ 19 ވަނަ މަޖިލީހުގައި "މާލީ އަދި އެހެނިހެން މަސްލަހަތު ހާމަކުރުމުގެ ބިލު" ގެ ނަމުގައި ގަލޮޅު އުތުރު ދާއިރާގެ އޭރުގެ މެންބަރު، އީވާ އަބްދުﷲ ޖެނުއަރީ 12، 2022 ގައި މަޖިލީހަށް ބިލެއް ވެސް ހުށަހެޅުއްވި އެވެ.

އެ ބިލުގައިވާ ގޮތުން، ތިން ކަމަކަށް ދޭ އަދަބުގެ ގޮތުގައި ގިނަވެގެން 500،000ރ. އާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު، އެ ބިލު ގާނޫނަކަށްވުމަށް ފަހު ކަމާ ބެހޭ އިދާރާތަކަށް ލިބޭނެ އެވެ.

ނަމަވެސް މަޖިލީހުގެ ދައުރު ހަމަވެގެން ދިޔައިރު ވެސް އެ ބިލު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވުން ނޫން އިތުރު މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.