Advertisement

އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރަކަށް ޑރ. އައިމިނަތު ޒޭބާ އައްޔަނުކޮށްފި

3 ޖުލައި 2024 - 13:48 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރެއްގެ މަގާމަށް އައްޔަނު ކުރި ޑރ. ޒޭބާ -- ފޮޓޯ: އައިޖީއެމްއެޗް


އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރަކަށް ޑރ. އައިމިނަތު ޒޭބާ އައްޔަނުކޮށްފި

3 ޖުލައި 2024 - 13:48 1

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ މެޑިކަލް ޑިރެކްޓަރެއްގެ މަގާމަށް ޑރ. އައިމިނަތު ޒޭބާ އަހުމަދު އައްޔަނުކޮށްފި އެވެ.

ޑރ. ޒޭބާ އެ މަގާމަށް އައްޔަނުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. މެޑިކަލް ޑިރެކްޓަރުގެ މަގާމަކީ އެ އައިޖީއެމްއެޗުގެ ކްލިނިކަލް އޮޕަރޭޝަންސްގެ ކަންކަން ބަލަހައްޓާ އެންމެ އިސް ފަރާތެވެ.

އެ މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހޮސްޕިޓަލުން ފަރުވާ ހޯދާ މީހުންނަށާއި އެތަނުގައި ވަޒީފާ އަދާ ކުރާ މީހުންނަށް އެކަށީގެންވާ މާހައުލެއް ގާއިމު ކޮށްދިނުން ހިމެނެ އެވެ.

މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުގެ ރައީސްގެ މަގާމުގައި 2022 އިން ފެށިގެން ވެސް ހުންނެވި ޑރ. ޒޭބާއަކީ ކްލިނިކަލް އެޑިއުކޭޝަނާއި ކްރިޓިކަލް ކެއާ މެޑިސިންއަށް ހާއްސަ ޑޮކްޓަރެކެވެ. އޭނާއަކީ އެޑްވާންސްޑް ކާޑިއެކް ލައިފް ސަޕޯޓް އިންސްޓުރަކްޓަރެއް ވެސްމެ އެވެ.

ޑރ. ޒޭބާ އެމްބީބީއެސް ހާސިލު ކުރެއްވީ ޕާކިސްތާނުގެ ޕަންޖާބު ޔުނިވާސިޓީންނެވެ. އެމްޑީ ހާސިލު ކުރެއްވީ މެލޭޝިއާގެ މަލާޔާ ޔުނިވާސިޓީންނެވެ.

އޭނާއަކީ މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުގެ އިތުރުން މޯލްޑިވްސް ސޮސައިޓީ އޮފް ކްރިޓިކަލް ކެއާ އެންޑް އެމާޖެންސީ މެޑިސިންގެ މެންބަރެކެވެ.