Advertisement

އިޓަލީ އެއާފޯސްގެ ޖެޓުތަކެއް ވީއައިއޭގައި

2 ޖުލައި 2024 - 16:50 0


އިޓަލީ އެއާފޯސްގެ ޖެޓުތަކެއް ވީއައިއޭގައި

2 ޖުލައި 2024 - 16:50 0

އިޓަލީ އެއާފޯސްގެ ފަސް އުޅަނދެއް ތެޔޮ އެޅުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު މެންދުރު ޖައްސައިފި އެވެ.

ގާތްގަނޑަކަށް މެންދުރުފަހު 15:00 ހާއިރު ޖެއްސީ ހަތަރު ފައިޓަރު ޖެޓާއި އެއް ސަޕޯޓު އެއާކްރާފްޓެވެ. މި ފައިޓަރު ޖެޓުތަކަކީ ޔޫރަޕުގެ ގައުމުތަކުން ބޭނުންކުރާ "ޔޫރޯފައިޓާ ޓައިފޫން" މަރުކާގެ ޖެޓުތަކެކެވެ.

މިދިޔަ އަހަރުގެ ތެރޭގައި ވެސް އިޓަލީ އެއާފޯސްގެ ޖެޓުތަކެއް ވީއައިއޭގައި ދެ ފަހަރެއްގެ މަތިން ޖެއްސި އެވެ. އެފަހަރު ޖެއްސީ ފަސްވަނަ ޖެނެރޭޝަނުގެ ޖެޓުތަކެއް ކަމަށްވާ "އެފް-35 ލައިޓްނިން" މަރުކާގެ ޖެޓުތަކެކެވެ.

މި ޖެޓުތައް ރާއްޖޭގައި ޖައްސަނީ ދަތުރުގެ މެދުން ތެޔޮ އެޅުމަށްޓަކައި ޓްރާންސިޓް ބޭނުމުގަ އެވެ. މިފަދަ ޖެޓުތައް ރާއްޖޭގައި ޖައްސަނީ އެކަމަށްޓަކައި ނަގަން ޖެހޭ ހުއްދަތައް ނަގައިގެންނެވެ.