Advertisement

ފަލަސްތީނުގެ ހާން ޔޫނިސްއިން މީހުން ހުސްކުރަން އިޒްރޭލުން އަމުރުކޮށްފި

2 ޖުލައި 2024 - 13:58 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފަލަސްތީނުގެ ހާން ޔޫނިސް: އެ ތަނުގައި ތިބި މީހުން އެތަން ދޫކޮށް ދާން އިޒްރޭލުން ވަނީ އުމުރުކޮށްފައި -- ފޮޓޯ: އޭޕީ


ފަލަސްތީނުގެ ހާން ޔޫނިސްއިން މީހުން ހުސްކުރަން އިޒްރޭލުން އަމުރުކޮށްފި

2 ޖުލައި 2024 - 13:58 0

ހޮސްޕިޓަލާއި، ވަގުތީ ހިޔާވެހިކަން ގާއިމުކޮށްފައިވާ ފަލަސްތީނުގެ ހާން ޔޫނިސްގައި ތިބި ފަލަސްތީނުގެ މީހުން، އެތަން ދޫކޮށް ދިޔުމަށް އިޒްރޭލުން އަމަރުކޮށްފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހާން ޔޫނިސްގައި ތިބީ މީހުން ކުއްލިއަކަށް ހުސްކުރަން އިޒްރޭލުން އަމުރުކުރީ އަނެއްކާ ވެސް ގާޒާގައި ގްރައުންޑް އޮޕަރޭޝަނެއް ހިންގުމަށެވެ.

"އަހަރުމެންގެ ފޯނުތަކަށް އިންޒާރުގެ މެސެޖުތައް ވަނީ ލިބިފައި. އޭގައި އޮތީ ވީހާވެސް އަވަހަށް ހާން ޔޫނިސް ދޫކޮށް ދިޔުމަށް. ކިހިނެއް އަހަރުމެން މިތަނުން ދާނީ ވެސް. ކާރެއް ވެސް ނުލިބޭ،" ހާން ޔޫނިސްގައި ހުރި މީހަކު އޭޕީއަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

އިޒްރޭލުގެ އަމުރާއެކު ހާން ޔޫނިސްގައި ތިބި މީހުން އެހެން ސަރަހައްދުތަކަށް ދާން ފަށާފައިވާއިރު، އެމީހުންނަށް ރައްކާތެރިކަން ލިބޭނެ އެއްވެސް ސަރަހައްދެއް ފަލަސްތީނުގައި ނެތެވެ.

މި އަހަރު ކުރީކޮޅު ވެސް އިޒްރޭލުން ހާން ޔޫނިސްގައި އޮޕަރޭޝަނެއް ހިންގި އެވެ. ނަމަވެސް ހަތަރު ހަފުތާ ފަހުން ވަނީ އޮޕަރޭޝަން ނިންމާލައި، އެތަނުން ފައިބާފަ އެވެ.

އިޒްރޭލުން އަންނަނީ ގާޒާގައި ހިމެނޭ އެކި ސަރަހައްދުތަކުން މީހުން ހުސްކުރަން އެކި އުކުޅުތައް ބޭނުންކޮށް، ބިރު ދައްކައި ގަދަ ބާރުން މީހުން ފޮނުވާލަން މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން އިޒްރޭލުން ގާޒާގައި ހިންގަމުންދާ ގަތުލްއާންމުގައި މިހާތަނަށް 38,000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ ކަމާ ނުވެސް ބެހޭ އަންހެނުންނާއި ކުޑަކުދިންނެވެ.