Advertisement

ޝަމްނާޒާއި އޭނާގެ ކޮއްކޮގެ ބަންދަށް އިތުރު ހަތް ދުވަސް ޖަހައިފި

1 ޖުލައި 2024 - 13:50 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ޝަމްނާޒާއި އޭނާގެ ކޮއްކޮގެ ބަންދަށް އިތުރު ހަތް ދުވަސް ޖަހައިފި

1 ޖުލައި 2024 - 13:50 0

ސިހުރު ހެދިކަމުގެ ތުހުމަތުކޮށް ހައްޔަރުކޮށްފައި ހުރި އެންވަޔަރަމެންޓު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، ފާތިމަތު ޝަމްނާޒް އަލީ ސަލީމް އަދި އޭނާގެ ކޮއްކޮގެ ބަންދަށް އިތުރު ހަތް ދުވަސް މިއަދު ޖަހައިފި އެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުން ކުރިއަށްގެން ދިޔައީ ސިއްރުކޮށްގެންނެވެ. ޝަމްނާޒުގެ މައްޗަށް ތުހުމަތު ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހެދިކަމުގެ ތުހުމަތެވެ.

އެ މައްސަލައިގައި ޝަމްނާޒުގެ އިތުރުން އޭނާގެ އެއްބަނޑުއެއްބަފާ ކޮއްކޮ، ހައްވާ ސަނާ ސަލީމް އާއި ސިހުރު ހެދި ކަމަށް ތުހުމަތުކުރާ ތ. ކިނބިދޫ ހުސައިން ސަމީރު ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށެވެ. ނަމަވެސް, ތުހުމަތާ ގުޅޭ ގޮތުން އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.

ޝަމްނާޒު އާއި އޭނާގެ ކޮއްކޮ ހައްޔަރު ކުރީ ޖޫން 23 ވަނަ ދުވަހު އެވެ. އެ ދެ މީހުންގެ ބަންދަށް ޖަހާފައިވާ ހަތް ދުވަހުގެ މުއްދަތު ހަމަވީ މިއަދެވެ.

މިއަދު ޖެހި ބަންދު މުރާޖާ ކުރުމަށް އަންނަ އާދިއްތަ ދުވަހު އެ މީހުން ކޯޓަށް ހާޒިރު ކުރާނެ އެވެ.