1 ޖުލައި 2024 - 14:01 0
އަތޫފް އާތިފް
1 ޖުލައި 2024 - 14:01 0
ޔޫތު ޗެމްޕިއަންޝިޕްގެ އެކި މުބާރާތްތަކުގައި، އަހުމަދު ނިމާދު (ނިމާ) މަސައްކަތްކޮށްފައިވާއިރު، ކޮންމެ މުބާރާތަކާ ދިމާކޮށް ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޅުންތެރިން ހޯދައިގެން ކުރެވޭ މަަސައްކަތުގައި އަބަދުވެސް ކާމިޔާބު ލިބޭތީ އެ ޔަގީންކަން މި ފަަހަރު ވެސް އެބައޮތް ކަމަށް ބުނެފި އެވެ.
އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގެ ފައިނަލުގައި މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށް ކުޅޭ ޓީސީ ސްޕޯޓްސް ކުލަބްގެ ކޯޗަކީ ނިމާ އެވެ. ނިމާ އަކީ، އެންމެ ފަހުން 2022 ވަނަ އަހަރު ބޭއްވި ޔޫތު ޗެމްޕިއަންޝިޕް ކުލަބް އީގަލްސްއާ އެކު ކާމިޔާބުކުރި ކޯޗެވެ.
މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕާ ދިމާކޮށް، މޯލްޑިވްސް ސޮކަަ މޭޓްސް (އެމްއެސްއެމް) އާއި ޓީސީ އެކުވެގެން ހަދާފައިވާ ޓީމު ނިމާއާ ހަވާލުކުރުމުން ލަހުން ވިޔަސް، މަސައްކަތް ފަށައި، ރާއްޖޭގެ އެކި ހިސާބުން ރަނގަޅު ކުޅުންތެރިން ހޯދައި ޓީމެއް އެކުލަވާލި އެވެ.
"ރަށްރަށުގައި މި ހުންނަ ކޮންޓްކްޓްސް ތަކުން އަބަދުވެސް ހުނަރުވެރި ކުޅުންތެރިން ފެނޭ. މި ބޭނުންވަނީ ފުރުސަތު އެ ކުޅުންތެރިންނަށް،" ނިމާ ބުންޏެވެ.
ނަވާރަ އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލުގައި ސަސްއާ ދެކޮޅަށް ނުކުންނައިރު, ޓީސީ ޓީމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އީދު ބަންދަށް ފަހު, ކުޅުންތެރިން ހަމަވެގެން އެކަށީގެންވާ ރަނގަޅު ޕްރެކްޓިސް އެއް ކުރަން ނުލިބުމެވެ.
އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނިމާ.-- ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ
ސަސް އާއި ޓީސީން ވަނީ މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕުގެ ގްރޫޕް ސްޓޭޖުގައި ވެސް ކުޅެފަ އެވެ. އެ މެޗު އެއްވަރުވީ 1-1 ގެ ނަތީޖާ އަކުންނެވެ. އެކަމަކު، އެ މެޗަށް ޓީސީ އާއި ސަސް އަށް ވެސް ޓީމުގެ އަސްލު ފެންވަރުގައި ނުކުޅެވުނީ އީދަށް ނެގި ބްރޭކަށް ފަހު ކުޅުނު މެޗަކަށްވާތީ އެވެ.
ނިމާ ބުނީ, ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގައި ވެސް ޓީސީގެ މުހިންމު ގިނަ ކުޅުންތެރިން ކުޅެފައި ނުވާ ކަމަށެވެ.
"އީދު ބަންދަށް ކުޅުންތެރިން ދޫކޮށްލަން އެބަޖެހޭ, އެއީ މިހާރުގެ ފުޓުބޯޅައިގެ ހާލަތަކީ. މީގަ ގިނައީ ރާއްޖެ ތެރޭ ކުޅުންތެރިން. އީދު ބަންދައް ދިޔަ ކުޅުންތެރިންގެ ތެރެއިން ބައެއް ކުޅުންތެރިން އަދި ވެސް ނާދޭ. ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގައި (ސަސް މެޗު) ގައި ވެސް އޭގެ ތެރެއިން މުހިންމު ކުޅުންތެރިން ނުކުޅޭ" ނިމާ ބުންޏެވެ.
ނިމާ ބުނީ މުބާރާތް ފެށުނުއިރު, ވެސް މި އުނދަގޫތައް އަންނާނެކަން އެނގޭ ކަމަށާއި, އެހެންކަމުން މިހާލަތައް ތައްޔާރުވެގެން ހުރި ކަމަށް ނިމާ ބުންޏެވެ.
ޓީސީން ސަސް އަކީ ދަށް ޓީމެއްގެ ގޮތުގައި ދެކި، "އަންޑައެސްޓިމޭޓް" ނުކުރާނެ ކަމަށް ނިމާ ވަނީ ބުނެފަ އެވެ. އަދި އެ ޓީމުގެ މެޗުތައް ބެލިއިރު، މި މުބާރާތުގައި ކުޅުނު އެންމެ މޮޅު ކުޅުންތެރިޔާ ހުރީ ސަސްގައި ކަމަށް ނިމާ ފާހަގަކޮށްފައިވެ އެެވެ.
ނިމާ ބުނީ މި މެޗުގައި ކުޅުންތެރިން އެކީ އެކެއްޗެއް ކިޔައިގެން ރަނގަޅަށް މަސައްކަތް ކޮށްފިނަމަ ކާމިޔާބުވާނެ ކަން ޔަގީން ކަމަށެވެ.
ފައިނަލް މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
Comment