Advertisement

މާރުކޭޓުތަކަށް ރެއިޑުކޮށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި 83 ބިދޭސީން ފޮނުވާލަނީ

30 ޖޫން 2024 - 22:12 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އިމިގްރޭޝަންގައި ރެއިޑުގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެނައި ބައެއް ބިދޭސީން. މިހާތަނަށް 1,800 އަށްވުރެ ގިނަ ބިދޭސީން ވަނީ އެ މީހުންގެ ގައުމުތަކަށް އަނބުރާ ފޮނުވާލާފައި --- ފޮޓޯ: އިމިގްރޭޝަން


މާރުކޭޓުތަކަށް ރެއިޑުކޮށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި 83 ބިދޭސީން ފޮނުވާލަނީ

30 ޖޫން 2024 - 22:12 0

އިއްޔެ އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މާލޭގެ ހަތަރު ތަނަކަށް ރެއިޑުކޮށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި 83 ބިދޭސީން އަނބުރާ އެ މީހުންގެ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

މިއީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދިޔަ އޮޕަރޭޭޝަނެއް ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. މިއީ މިއަހަރު ކުރިއަށްގެންދިޔަ އެންމެ ބޮޑު ރެއިޑު ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

މި މީހުން ބަންދުކުރީ މާލެ ސަރަހައްދުގައި މާރުކޭޓުގެ ގޮތުގައި ހިންގަމުންދިޔަ ހަތަރު ތަނެއް ބަލައި ފާސްކުރުމަށް ފަހު ކަމަށް އެ އިދާރާއިން ހާމަކުރެ އެވެ.

"މީގެ ތެރޭގައި ސައްހަ ވިސާއެއް ނެތް ބިދޭސީންނާއި މަސައްކަތް ކުރުމަށް ހުއްދަ ހޯދާފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނާއި ހުއްދަ ދޫކުރެވިފައިވާ މަސައްކަތުގެ ބޭރުން އަމިއްލަ ވިޔަފާރިކުރާ ބިދޭސީން ހިމެނޭ," އިމިގްރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެ މީހުން ފުރުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިހާތަނަށް ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 1,800 ބިދޭސީން ފުރުވާލާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އޮޕަރޭޝަންތައް ހިންގާނެ ކަމުގެ ޔަގީންކަން އެ އިދާރާއިން ވަނީ ދީފަ އެވެ.