Advertisement

ކުރީގެ ޑިފެންސް ޗީފް އަބްދުއްރަހީމް ތުރުކީ ސަފީރަކަށް، ޕާކިސްތާނަށް ތޯހާ

30 ޖޫން 2024 - 13:21 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ކުރީގެ ޑިފެންސް ޗީފް އަބްދުއްރަހީމް ތުރުކީ ސަފީރަކަށް، ޕާކިސްތާނަށް ތޯހާ

30 ޖޫން 2024 - 13:21 0

ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓު ޖެނެރަލް، ރިޓަޔާޑް، އަބްދުއްރަހީމް އަބްދުއްލަތީފަށް ރާއްޖެއިން ތުރުކީއަށް ކަނޑައަޅާ ސަފީރުގެ މަގާމަށާއި ޕާކިސްތާނުގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމަށް ނ. ހޮޅުދޫ، އުފަންވެލި، ތޯހާ މުހައްމަދު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

މި ދެ ބޭފުޅުން އެ މަގާމުތަކަށް އައްޔަނުކުރުމަށް ރުހުން ދިނީ މިއަދު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 82 މެންބަރުންގެ އިއްތިފާގުންނެވެ.

ސިފައިންގެ ހިދުމަތުގައި 39 އަހަރުގެ ހޭދަކުރެއްވުމަށްފަހު، 60 އަހަރު ފުރުމާއެކު ސިފައިންގެ ގާނޫނުގައިވާ ގޮތުގެ މަތިން އަބްދުއްރަހީމް ރިޓަޔާ ކުރެއްވީ އެޕްރީލް 18، ގަ އެވެ. އެއަށްފަހު އޭނާ ހުންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ.

އޭނާއަކީ ރާއްޖެއިން ތުރުކީއަށް ކަނޑައެޅި ފުރަތަމަ ސަފީރެވެ. ރާއްޖެއިން ތުރުކީގައި ފުރަތަމަ ފަހަރަށް އެމްބަސީއެއް އަޅަން ނިންމާފައިވާކަން ސަރުކާރުން އިއުލާނުކުރީ ޑިސެމްބަރު 10، 2023 ގަ އެވެ.

ސައުދީ އަރަބިއްޔާގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމަށް ތޯހާ އައްޔަން މަޖިލީހުގެ ރުހުން އޮތް ކަމަށް މަޖިލީހުން ފާސްކުރީ މެއި، 6 ގަ އެވެ. އެހައިތަނަށް ރުހުން ލިބުނު ސަފީރުންނަށް މެއި 7، ގައި ރައީސް ފަތްކޮޅު ދެއްވި އިރު އޭނާއަށް ފަތްކޮޅެއް ނުދެއްވަ އެވެ.

އޭގެ ބަދަލުގައި އޭނާ ޕާކިސްތާނުގެ ސަފީރުކަން އޭނާއަށް ދިނުމަށް މަޖިލީހަށް ފޮނުވި އެެވެ.