Advertisement

އެމްޑީޕީގެ ރައީސް ޝާހިދު ޗައިނާގެ ރައީސް ޝީޖިންޕިން އާ ބައްދަލުކުރައްވައިފި

28 ޖޫން 2024 - 20:33 0

ނިމާ ހަސަން

ނިމާ ހަސަން

އެމްޑީޕީގެ ރައީސް ޝަހިދު އަދި ޗައިނާގެ ރައީސް ޝީ


އެމްޑީޕީގެ ރައީސް ޝާހިދު ޗައިނާގެ ރައީސް ޝީޖިންޕިން އާ ބައްދަލުކުރައްވައިފި

28 ޖޫން 2024 - 20:33 0

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް އާ ބައްދަލު ކުރައްވައިފި އެވެ.

ޝާހިދު، ޝީ ޖިންޕިން އާ ބައްދަލުކުރެއްވީ "ފައިވް ޕްރިސިޕަލްސް އޮފް ޕީސްފުލް ކޯ-އެގްޒިސްޓެންސް" އަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި ޗައިނާގެ ވެރިރަށް ބެއިޖިންގް ގައި ބޭއްވި ކޮންފަރެންސްގެ ހަވާސާގަ އެވެ.

އެއީ ޗައިނާގެ ހާރިޖީ ސިޔާސަތު އޭގެ މައްޗަށް ބިނާވެފައިވާ މުހިއްމު ފަސް އަސާސްތައް ސައިނޯ-އިންޑިއަން އެގްރިމަންޓްގައި ހިމެނިތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ކޮންފަރެންސްއެކެވެ.

ޝާހިދު ޗައިނާގެ ރައީސް ޝީ އާ ބައްދަލުކުރެއްވީ އެ ކޮންފަރެންސްގައި ޝީ ދެއްވި ތަގުރީރުގެ ކުރިންނެވެ.

ޝީގެ ތަގުރީރަށްފަހު ޝާހިދު ވިދާޅުވީ އެއް ބަޔަކު އަނެއް ބަޔަކަށް އިހްތިރާމުކޮށްގެން، ދުނިޔޭގެ ސުލްހައާއި އަމާންކަން ގާއިމްކުރުމަށް ޝީ ކުރައްވާ މަސައްކަތްތަކުން ހިތްވަރު ލިބޭ ކަމަށާއި އިންސާނިއްޔަތަށް އޮތް ހަމައެކަނި ގޮތަކީ ސުލްހަވެރިކަމާއެކު އެންމެން ދިރިއުޅުން ކަމަށެވެ.