Advertisement

ތުރުކީ އަށް ޕްރެޝަރު އޮތުމަކީ ކޯޗު މޮންޓެލާ އަށް މައްސަލައެއް ނޫން

26 ޖޫން 2024 - 14:31 0


ތުރުކީ އަށް ޕްރެޝަރު އޮތުމަކީ ކޯޗު މޮންޓެލާ އަށް މައްސަލައެއް ނޫން

26 ޖޫން 2024 - 14:31 0

ހެމްބާގް (ޖޫން 26) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އީގައި މިރޭ ޗެކް ރިޕަބްލިކާ ދެކޮޅަށް ނުކުންނައިރު ތުރުކީ އަށް ޕްރެޝަރު އޮތުމަކީ މައްސަލައެއް ނޫން ކަމަށާއި ފާޑުކިއުންތަކަށް ޖަވާބު ދޭނީ ދަނޑުމަތިން ކަމަށް ތުރުކީގެ ކޯޗު ވިންޗެންޒޯ މޮންޓެލާ ބުނެފި އެވެ.

މިރޭ ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅޭ މެޗުން ތުރުކީ ބަލިނުވެއްޖެ ނަމަ، އެ ޓީމަށް ގަދަ 16 ގެ ޖާގައެއް ލިބޭނެ އެވެ.

ތުރުކީ އަކީ މި ފަހަރުގެ ޔޫރޯގައި އެންމެ ރަނގަޅު ސަޕޯޓެއް ލިބެމުންދާ ޓީމެވެ. މި މުބާރާތުގައި ތުުރުކީ މިހާތަނަށް ކުޅުނު ދެ މެޗަށްވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑުގައި ތިއްބެވެ. މިރޭގެ މެޗުގައިވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށްވަންނާނެ ކަމަށް ބެލެވެ އެވެ.

އެހެންކަމުން، ގަދަ 16ގެ ޖާގައެއް ހޯދުމަށް ތުރުކީއަށް ޕްރެޝަރު އެބައޮތެވެ. އެކަމަކު، އެ ޓީމުގެ ކޯޗު މޮންޓެލާ ބުނީ ޕްރެޝަރަކީ އެނާއަށް އާ ކަމެއް ނޫން ކަމަށެވެ. އަދި ޓީމަށް "ބޭއިންސާފު" ކޮށް ލިބެމުންދާ ފާޑުކިއުންތަކަށް ދަނޑުމަތިން ޖަވާބު ދޭނެ ކަމަށެވެ.

"އަހަރެންގެ 30 އަހަރުވީ ކެރިއަރުގައި ޕްރެޝަރަކީ އާންމުކަމެއް. މިއީ ޕޮސިޓިވް ޕްރެޝާ. މި މެޗާށް ތުރުކީޣެ ވިސްނުން ހުންނާނީ ޕޮޒިޓިވްކޮށް،" ކުރިން ރޯމާ އާއި އިޓަލީގެ ގައުމީ ޓީމަށް ކުޅުނު މޮންޓެލާ ބުންޏެވެ.

ތުރުކީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޖޯޖިޢާ އަތުން މޮޅުވި ނަމަވެސް، ދެވަނަ މެޗުގައި ޕޯޗުގަލް އަތުން ވަނީ ބަލިވެފަ އެވެ.

މޮންޓެލާ ބުނީ މިރޭގެ މެޗުގައި ވެސް ތުރުކީ ވިސްނާނީ އެޓޭކިން ގޭމަކަށް ކަމަށެވެ.

ތުރުކީ އާއި ޗެކް ރިޕަބްލިކް ވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެކުވެރިކަމުގެ މެޗެއްގައި ބައްދަލުކޮށްފަ އެވެ. އެ މެޗުން، 2-1 އިން ތުރުކީ މޮޅުވި އެވެ. އަދި 2008 ވަނަ އަހަރުގެ ޔޫރޯގައި ތުރުކީން ވަނީ ޗެކް ރިޕަބްލިކް ދެ ގޯލު ކުރީގައި އޮއްވައި ފަހަތުން އަރައި މޮޅުވެފަ އެވެ.