Advertisement

މެނިންގޮކޯކޮލްގެ: ކޮންޓެކްޓް ޓްރޭސިން ހަދައި ކޮންޓެކްޓުންނަށް ބޭސް ދޭން ފަށައިފި

25 ޖޫން 2024 - 23:57 1

އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރު:


މެނިންގޮކޯކޮލްގެ: ކޮންޓެކްޓް ޓްރޭސިން ހަދައި ކޮންޓެކްޓުންނަށް ބޭސް ދޭން ފަށައިފި

25 ޖޫން 2024 - 23:57 1

ރާއްޖެއިން މެނިންގޮކޯކޮލް ފެނި އެކަކު ނިޔާވުމުން ކޮންޓެކްޓް ޓްރޭސިން ހަދައި، ކްލޯސް ކޮންޓެކްޓުންނަށް މިރޭ ބޭސް ދޭން ފަށައިފި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.

މެނިންގޮކޯކޮލް ޖެހިގެން މިރޭ ނިޔާވީ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް، 38، (ބަކާ) އެވެ. އެހެންކަމުން ބޭސް ދޭން ފެށީ އޭނާއާ ކްލޯސް ކޮންޓެކްޓްވެފައި ތިބި މީހުންނަށް ކަމަށް ބެލެވެ އެވެ.

"އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދާ، ކޮންޓެކްޓްވީ ފަރާތްތަކަށް މައުލޫމާތު ދީ، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ވަނީ ފެށިފަ،" އެޗްޕީއޭއިން ބުންޏެވެ.

ހައްޖަށް ފުރުމުގެ ކުރިން ޖަހަންޖެހޭ ވެކްސިންތައް ނުޖަހާ ހައްޖަށް ފުރިނަމަ ނުވަތަ ވެކްސިން ޖެހުމަށްފަހު 14 ދުވަސް ހަމަވުމުގެ ކުރިން ފުރި މީހުންގެ ތެރެއިން މެނިންގޮކޯކޮލްގެ އަލާމާތެއް ފެންނަ ނަމަ އަވަހަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އެންގުމަށް އެތަނުން މިރޭ އެދެފި އެވެ.

"މެނިންޖައިޓިސް ވެކްސިން ޖެހުމުން މި ބަލިން ރައްކާތެރިކޮށްދޭ. މެނިންޖައިޓިސް ވެކްސިންއިން ހަށިގަނޑުގެ ދިފާއީބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފުތާ ނަގާ. މި ބަލިން ރައްކާތެރިވުމަށް މަދުވެގެން ދެ ހަފުތާ ކުރިން ވެކްސިން ޖެހުން މުހިންމު،" އެޗްޕީއޭއިން ބުނެފައިވެ އެވެ.

ބަކާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔުގައި ފަރުވާދެނިކޮށް މިއަދެވެ. އޭނާގެ ޖަނާޒާ އޮންނާނީ ފަތިސް ނަމާދަށްފަހު ހުޅުމާލޭގަ އެވެ. ބަކާ މެނިންގޮކޯކޮލް އަށް ޕޮޒިޓިވްވިކަން މި ނޫހަށް ވަނީ ޔަގީންވެފަ އެވެ.

މެނިންގޮކޯކޮލްގެ އަލާމާތްތައް

  1. ބޮލުގައި ރިއްސުން
  2. ކަނދުރާ ވާންވުން
  3. މޭނުބައިކޮށް ހޮޑުލުން
  4. ވާނުވާ ނޭނގުން
  5. ހަށިގަނޑުގައި ރަތް ބިހި ނުވަތަ ލައްތަކެއް ނެގުން
  6. ފިޓު ޖެހުން
  7. އަލިގަދަވުމުން އުނދަގޫވުން
  8. ވަރުދެރަވުން
  9. ނޭވާ އަވަސްވުން

އެ ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރިއްޔާއިންނެވެ. ބަލީގެ އަލާމާތްތައް ފެންނަނީ ބަލި ޖެހޭތާ އެއް ދުވަހާއި 10 ދުވަހާ ދެމެދުގަ އެވެ.