Advertisement

ސަރުކާރުގެ އިމާރާތްތައް ހިމެނޭހެން މާލޭގައި 50 ޑްރަގު އައްޑާ އެބަހުރި: އިހުސާން

25 ޖޫން 2024 - 12:34 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގައި ހުންނަ ޑްރަގް އައްޑާތަކާ ގުޅޭގޮތުން މީގެ ކުރިން ފުލުހުން ދިން މައުލޫމާރު ސެޝަނެއްގެ ތެރެއިން -- ފޮޓޯ: އަދަދު


ސަރުކާރުގެ އިމާރާތްތައް ހިމެނޭހެން މާލޭގައި 50 ޑްރަގު އައްޑާ އެބަހުރި: އިހުސާން

25 ޖޫން 2024 - 12:34 0

މަސްތުވާން ބޭނުން ކުރާ އައްޑާތަކުގެ ގޮތުގައި މާލޭގެ 50 ތަނެއް މިހާތަނަށް ފާހަގަ ކުރެެވިފައިވާ ކަމަށާއި އޭގެ ތެެރޭގައި ސަރުކާރުގެ އިމާރާތްތައް ވެސް ހިމެނޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ގައުމީ ސަލާމަތަ ބެހޭ ކޮމެޓީއަށް މިއަދު އިހުސާން ކުރުމުން، މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އިހުސާން ވިދާޅުވީ މިހާތަނަށް މާލޭގައި ހިންގާ 50 ޑްރަގް އައްޑާއެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"ޑްރަގް އައްޑާތަކުގެ ގޮތުގައި އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވިފައި އެބަހުރި މާލެ ތެރޭގައި 50 އަށްވުރެ ގިނަ ތަން، މީގެ ތެރޭގައި ސަރުކާރުގެ ބައެއް އިމާރާތްތަކާއި އަދި އާންމު ފަރާތްތަކުގެ އިމާރާތްތަކެއް އެބަހުރި، މީގެ ތެރޭގައި ގިނައީ ވެކެންޓުކޮށް ތަންތަނުގެ ގޮތުގައި ހުރި ތަންތަން، ފަޅުގެތަކުގެ ގޮތުގައި ހުރި ތަންތަން،" އިހުސާން ވިދާޅުވި އެވެ.

އެ ތަންތަނަށް ފުލުހުން ވަދެ އެ ތަންތަނުގެ ވީޑިއޯތައް ނަގައި އެތަންތަނުގެ އެސެސްމަންޓެއް ހަދައި އޭގެ ތެރެއިން ސަރުކާރުގެ އިމާރާތްތަކާއި އާންމު ފަރުދުންގެ އިމާރާތްތަކަކީ ކޮބައިކަން މިހާރު ދެނެގަނެވިފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.

ޑްރަގް އައްޑާތަކުގެ ގޮތުގައި ބޭނުން ކުރަނީ ސަރުކާރުގެ ކިތައް އިމާރާތް ކަމެއް އިހުސާން ވިދާޅެއް ނުވެ އެވެ. ނަމަވެސް ޑްރަގް އައްޑާތަކުގެ ގޮތުގައި ބޭނުން ކުރާ ސަރުކާރުގެ ތިން އިމާރާތެއް ތަޅާލުމުގެ މަސައްކަތް ފެށުމަށް މިއަދު ޕަބްލިކް ވޯކްސްއާ އެކު ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

"ސަރުކާރުގެ ތިން ޕްރޮޕަޓީއެއް ތަޅާލަން އަޅުގަނޑުމެން ވާނީ މިހާރު ހުއްދައަށް އެދިފައި، އެ ހުއްދަ ވެސް ލިބިފައި މިހާރު ތަޅާލުމުގެ މަސައްކަތް، މިއަދު މެންދުރު 12:00 ޖަހާއިރު އެބައޮތް އަޅުގަނޑުމެން ޕަބްލޮކް ވޯކްސްއާއެކު އޮންނަ މީޓިންއެއް މި އިމާރާތްތައް ތަޅާލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި، ހަމަ އެގޮތަށް ޕްރައިވެޓް ބައެއް ތަންތަނުން އެތަންތަނުގެ ވެރިންގެ ފަރާތުން ވެސް ހުއްދަ އެބަ ހޯދަން މިތަންތަން ބަންދު ކުރަން،" އިހުސާން ވިދާޅުވި އެވެ.

ނަމަވެސް މަސްތުވާތަކެތި ވިއްކުމާއި ބޭނުން ކުރުން މަދު ކުރުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ވާނީ މަސްތުވާތަކެތި އެތެރު ކުރާ މިންވަރު މަދު ކުރެވިގެން ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ. އެކަން ހާސިލު ކުރުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތަކާއި ފާސްކުރަންޖެހޭ ގާނޫނުތައް ކުރިއަށް އޮތް މަސްދުވަހުގެ ތެެރޭގައި މަޖިލީހަށް ފޮނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެންމެ ގިނަވެގެން މަހެއްހައި ދުވަސް ތެރޭގައި އަޅުގަނޑުމެން އެ ގާނޫނުތައް އަޅުގަނޑުމެ މިކޮޅަށް ގެނެސްދޭނަން، އެއަށް އަޅުގަނޑުމެންނަށް އެ ހައްލުތައް ގެނެސްދެއްވައިފިނަމަ ކުރިއަށް އޮތް ހަ މަސްދުވަސް ތެރޭގައި މި މައްސަލަ އަޅުގަނޑުމެން ހައްލު ކުރާނަން،" އިހުސާން ވިދާޅުވި އެވެ.

ކެފޭ އުސޫލުން މަސްތުވާތެކެތީގެ ހިދުމަތް މާލޭގައި ދޭ ތަންތަން ހުއްޓުވުމަށްޓަކައި މީގެ ކުރިން ވެސް ފުލުހުން އޮޕަރޭޝަންތައް ހިންގި އެވެ. އެ އޮޕަރޭޝަނުގެ ތެރެއިން އެތައް އައްޑާއަކަށް ފުލުހުން ވަދެ އެތައް ބަޔަކު ހައްޔަރު ވެސް ކުރި އެވެ.

ނަމަވެސް މިހައިތަނަށް އެކަމަށް ހައްލެއް ލިބިފައެއް ނުވެ އެވެ. މަސްތު އައްޑާތައް ހުއްޓުވުމަށް ސަރުކާރާއި ފުލުހުން ނުކުޅެދިފައިވާއިރު، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ އަދަދު މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.