Advertisement

ފިޔޯރީން ގެއްލިގެން ހޯދި ކުއްޖާގެ ޓެސްޓުތަކުން މައްސަލައެއް ފާހަގަ ނުވި

23 ޖޫން 2024 - 19:46 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ގދ. ފިޔޯރީ، އެރަށުން އިއްޔެ ގެއްލުނު ކުޑަކުއްޖަކު ފެނުމުން ހެދި މެޑިކަލް ޓެސްޓްތަކުން މައްސަލައެއް ފާހަގަ ނުވޭ. ފޮޓޯ: ފިޔޯރީ ކައުންސިލް


ފިޔޯރީން ގެއްލިގެން ހޯދި ކުއްޖާގެ ޓެސްޓުތަކުން މައްސަލައެއް ފާހަގަ ނުވި

23 ޖޫން 2024 - 19:46 0

ގދ. ފިޔޯރީން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު އަށް އަހަރުގެ ކުއްޖާގެ ޓެސްޓުތައް ހެދުމުން، މައްސަލައެއް ފާހަގަ ނުވާ ކަމަށް އާއިލާއިން ބުނެފި އެވެ.

ކުއްޖާގެ އާއިލާގެ ފަރާތުން ބައްޕަ "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ އިއްޔެ ހަވީރު ގެއްލުނު ފިޔޯރީއަށް ނިސްބަތްވާ ފިނިވިލާގޭ މަރްޔަމް މީނާލް މުހައްމަދު ފެނުނީ ރޭގެ ވަގުތެއްގައި ހޭ ނެތިފައި އޮއްވާ ކަމަށެވެ.

ކުއްޖާ ފިޔޯރީ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު ރޭ ގެއަށް ފޮނުވާލި ނަމަވެސް، ކުއްޖާ ގެއްލި ގިނަ ވަގުތުވުމުން މިއަދު ތިނަދޫ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ޓެސްޓުތައް ހެދުމުން، މައްސަލައެއް ފާހަގަ ނުވާ ކަމަށް ރިޕޯޓްތަކުން ދައްކާ ކަމަށް އެ ކުއްޖާގެ ބައްޕަ ބުންޏެެވެ.

"ކުއްޖާ ގެއްލިގެން ހޯދަން ފެށީ އިއްޔެ ހަވީރު. ހޯދަމުން ގޮސް ފެނިފައި ވަނީ ރޭގެ ވަގުތެއްގައި. ފެނުނީ ކުރިން ވެސް އަހަރުމެން ބެލި ސަރަހައްދަކުން. ފެނުނުއިރު އޮތީ ހޭ ނެތިފައި. ސިއްހީ މަރުކަޒަށް ވަގުތުން ގެންދިޔައީ. ކުއްޖާ ކައިރިން އެހީމަ ބުނީ ސައިކަލެއް ފެނިގެން ފިލީ ކަމަށް،" ކުއްޖާގެ ބައްޕަ ބުންޏެވެ.

ކުއްޖާ ގެއްލުނު ވަގުތު ރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ވަނީ މުޅި ރަށުގެ އެކި ސަރަހައްދުތައް ބަލާފަ އެވެ.

އިއްޔެ ހަވީރު 5:30 ހާއިރުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ އެ ކުއްޖާ ފެނުނީ ހޯދަމުންދިޔަތާ ހަ ގަޑިއިރު ފަހުން ރޭ، 11:30 ހާއިރު އެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށް އެ މުއައްސަސާއިން ބުނެ އެވެ.