Advertisement

ފިޔޯރީން ގެއްލުނު ކުޑަ އަންހެން ކުއްޖާ ހޭނެތިފައި އޮއްވާ ފެނިއްޖެ، މިހާރު ހާލު ރަނގަޅު

23 ޖޫން 2024 - 02:22 0

ފިޔޯރީން ގެއްލުނު ކުއްޖާ


ފިޔޯރީން ގެއްލުނު ކުޑަ އަންހެން ކުއްޖާ ހޭނެތިފައި އޮއްވާ ފެނިއްޖެ، މިހާރު ހާލު ރަނގަޅު

23 ޖޫން 2024 - 02:22 0

ގދ. ފިޔޯރީން ގެއްލުނު އަށް އަހަރުގެ އަންހެން ކުއްޖާ ގެއެއްގެ ގޯތިތެރޭގައި ހޭނެތިފައި އޮއްވާ ފެނިއްޖެ އެވެ.

ފިޔޯރީގެ ހަބަރުތައް ގެނެސްދޭ ފޭސް ބުކް ޕޭޖެއް ކަމުގައިވާ، ފިޔޯރީ އެމްވީގައި ބުނެފައިވާ ގޮތުގައި އިއްޔެ ހަވީރު 5:30 ހާއިރުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ އެރަށު ފިނިވިލާގޭ މަރްޔަމް މީނާލް މުހައްމަދު ފެނުނީ، ގާތްގަނޑަކަށް ހަ ގަޑިއިރު ފަހުން ރޭ، 11:30 ހާއިރު އެވެ.

"މީނާލް ފެނުނީ އެ ގެއާއި މާދުރު ނޫން ހިސާބެއްގެ ގޭ ގޯތި ތެރޭގައި ހޭނެތިފައި އޮއްވާ. އެހެން ނަމަވެސް މިހާރު ހާލު ރަނގަޅު،" ފިޔޯރީ އެމްވީގައި ބުނެފައިވެ އެވެ.

އެ ކުއްޖާ ފެނުނުއިރު ހީކަރުވާ ގޮތްވެ، ގައިގެ ވަރުދެރަވެފައި ހުރުމުން ސިއްހީ މަރުކަޒަށް ގެންދެވުނު ކަމަށާއި ނަމަވެސް މިހާރު ކުއްޖާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވެސް ބުންޏެވެ.

މި މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން ފުލުހުން އަދި ބަހެއް ބުނެފައި ނުވެ އެވެ.

ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ކުއްޖާ ގެއަށް ދޫކޮށްލާފައިވާ ކަމަށް އެ ރަށުން "އަދަދު" ނޫހާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.