Advertisement

އިންގްލެންޑާ ދެކޮޅަށް ޑެންމާކުން ނުކުންނަނީ ބަދަލުހިފަމުގެ ރޫހުގައި

20 ޖޫން 2024 - 11:06 0


އިންގްލެންޑާ ދެކޮޅަށް ޑެންމާކުން ނުކުންނަނީ ބަދަލުހިފަމުގެ ރޫހުގައި

20 ޖޫން 2024 - 11:06 0

ފްރޭންކްފާޓް (ޖޫން 20) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އިންގްލެންޑްއާ ދެކޮޅަށް ޑެންމާކުން ނުކުންނައިރު، އެ ޓީމުގެ އޮތީ އެންމެ ފަހުގެ ޔޫރޯގެ ސެމީ ފައިނަލުން ބަލިވި މެޗުގެ ބަދަލުހިފުމުގެ ރޫހުކަން ދޭހަވާ ގޮތަށް ޑެންމާކްގެ ކޯޗު، ކެސްޕާ ހިއުލްމަންޑް ވާހަކަ ދައްކައިފި އެވެ.

އިންގްލެންޑް މެޗަށް ޑެންމާކުން ނުކުންނައިރު, އެ ޓީމުން ވަނީ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ސްލޮވޭނިއާއާ 1-1 އިން އެއްވަރުވެފަ އެވެ. އެއާ އެކު ޑެންމާކުން މިރޭ އިންގްލެންޑް މެޗަށް ނުކުންނާނީ ޕްރެޝަރުގައި ކަމަށް ގިނަ ބަޔަކު ދެކުނު ކަމުގައިވިޔަސް ހިއުލްމަންޑް ބުނީ މި މެޗަށް ޑެންމާކުން ނުކުންނާނީ ޕްރެޝަރާ މެދު ނުވިސްނާ ކަމަށެވެ.

އޭނާ ބުނީ މި މި މެޗަށް ޑެންމާކުން ނުކުންނައިރު، އެންމެ ފަހުގެ ޔޫރޯ އިން ޑެންމާކު ކެޓި ގޮތް "ހަނދާން ނުނެތޭ" ކަމަށެވެ.

"ސެމީ ފައިނަލް މެޗަކުން އެ ގޮތައް ބަލިވުމުން އެ ބަލި ހަޖަމް ކުރަން ވެސް އަހަރެން އަށް އުނދަގޫ. އަހަރެމެން ފައިނަލުގެ ރަހަ ދެކި ކެޓީ. އެކަމަކު، އެ ކަހަލަ މެޗުތަކަކީ އަހަރެމެން އަށް ފިލާވަޅެއް. ވަރުގަދަ ޓީމުތަކާ ވާދަކުރެވޭކަން އަހަރެމެން އަށް ހާމަވެގެން އެ ދިޔައީ" ހިއުލްމަންޑް ބުންޏެވެ.

އެންމެ ފަހުން ޔޫރޯގެ ސެމީ ފައިނަލުގައި ޑެންމާކުން ވަނީ އިންގްލެންޑާ ދެކޮޅަށް އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން 2-1 އިން ބަލިވެފަ އެވެ. އެ މެޗުގައި ލީޑުނެގީ ވެސް ފުރަތަމަ ޑެންމާކުންނެވެ.

ހިއުލްމަންޑް ބުނީ އިންގްލެންޑް މެޗަށް ނުކުންނާނީ މޮޅުވުން ނޫން ގޮތެއް ނެތް ކަން ދަނެގެން މެޗުން މޮޅުވާން ކަމަށެވެ.

"އިންގްލެންޑް އާ ދެކޮޅަށް އަހަރެމެން މި ނުކުންނަނީ, ޕޮޒިޝަނިންގް ގޭމެއް ކުޅެން. އިންގްލެންޑް އާ ދެކޮޅަށް ޑެންމާކުން ކުޅެފަ ހުރި މެޗުތަކަށް ބަލާއިރު ވެސް ޕޮޒިޝަނިންގް ގޭމެއް ކުޅެފިއްޔާ ނަތީޖާ ރަނގަޅު" ހިއުލްމަންޑް ބުނެފި އެވެ.

ހިއުލްމަންޑް ބުނީ އިންގްލަންޑް އަކީ ވަރުގަދަ ޓީމެއް ކަމަށާއި، މުޅި މެޗުގައި ވެސް ޑެންމާކުން އެ ކަމަށް ސަމާލުވާން ޖެހޭނެ ކަމަށެވެ.

ޑެންމާކް ޓީމުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކަށް ކުޅޭ ކުޅުންތެރިން ގިނަ ވުމަކީ އެ ޓީމަށް ފައިދާނެގިދާނެ ކަމެއްގެ ގޮތުގައި ހިއުލްމަންޑް ގަބޫލުކުރެ އެވެ.

ޔޫރޯގައި އެންމެ ފަހުން ޑެންމާކުން ގްރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ އެންމެ ފަހުގެ ޔޫރޯގައި ރަޝިއާ އަތުން 4-1 އިން މޮޅުވި މެޗުގަ އެވެ. އިންގްލެންޑާއި ޑެންމާކް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.