Advertisement

ޖަރުމަނުން އަތުލައި ގަތީ 35.5 ޓަނުގެ ކޮކެއިން، އަގު 2.2 ބިލިއަން ޔޫރޯއަށް އަރާ

19 ޖޫން 2024 - 10:58 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޖަރުމަނުގެ ޕްރޮސެކިއުޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ޖަރުމަނުން ވަނީ 35.5 ޓަނުގެ ކޮކެއިން އަތުލައިގަނެފައި -- ފޮޓޯ: އޭޕީ


ޖަރުމަނުން އަތުލައި ގަތީ 35.5 ޓަނުގެ ކޮކެއިން، އަގު 2.2 ބިލިއަން ޔޫރޯއަށް އަރާ

19 ޖޫން 2024 - 10:58 0

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "ކޮކެއިން" ގެ 35.5 ޓަނު މިދިޔަ އަހަރު އަތުލައިގެންފައިވާ ކަމަށް ޖަރުމަނުވިލާތުން ބުނެފި އެވެ.

ޖަރުމަނުގެ ޕްރޮސެކިއުޓަރުން ބުނީ ތަރުކާރީއާއި މޭވާތަކުގެ ތެރޭގައި ފޮރުވާފައި ހުއްޓާ އަތުލައިގަތް ކޮކެއިންގެ ބަރުދަން 35.5 ޓަނަށް އަރާ ކަމަށާއި އެތަކެތީގެ އަގު 2.2 ބިލިޔަން ޔޫރޯއަށް އަރާނެ ކަމަށެވެ.

އޭގެ ތެރެއިން 25 ޓަނުގެ ކޮކެއިން ހެމްބާގެ ޕޯޓަކުން އަތުލައިގަތްއިރު، އަށް ޓަނުގެ ކޮކެއިން އަތުލައިގަތީ ނެދަލެންޑްސްގެ ޕޯޓަކުން ކަމަށާއި އަދި ބާކީ ތިން ޓަނެއްހާ ކޮކެއިން އަތުލައިގަތީ ކޮލަމްބިއާއިން ކަމަށް ޖަރުމަނުގެ ޕްރޮސެކިއުޓަރުން ބުނެ އެވެ.

މި މައްސަލައާ ގުޅުންހުރި 30 އަހަރާއި 54 އަހަރާ ދެމެދުގެ އަށް މީހުން ފާއިތުވެދިޔަ ދުވަސްތަކުގައި ހައްޔަރު ކޮށްފައިވާ ކަމަށް ޖަރުމަނުން ބުނެފައިވާއިރު، އެމީހުންގެ ވަނަވަރު ހާމަކޮށްފައެއް ނުވެ އެވެ.

ޖަރުމަނުން ކޮކެއިން ފެނުނުތާ ދުވަސްތަކެއް ވެފައިވާއިރު، އެ މައްސަލައާ ގުޅޭ ތަފްސީލްތައް ހާމަކޮށްފައި ވަނީ މައްސަލައާ ގުޅުންހުރި ފަރާތްތައް ހައްޔަރު ކުރުމަށްފަހު އެވެ.

ނަމަވެސް މައްސަލައާ ގުޅިގެން ހައްޔަރުކުރީ ދެ ޖަރުމަނު މީހުންނާއި، ދެ ތުރުކީ މީހުން އަދި އަޒަރުބައިޖާން، ބަލްގޭރިއާ، މޮރޮކޯ އަދި ޔޫކްރެއިންއަށް ނިސްބަތްވާ މީހުންކަން ވަނީ ހާމަކޮށްފަ އެވެ.

މީގެއިތުރުން މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ އަތުން ގިނަ އަދަދެއްގެ ފައިސާއާއި މުދާ ފެނުމުން އެ އެއްޗެހި ވެސް ވަނީ ހިފަހައްޓާފަ އެވެ.

މިއީ ޖަރުމަނުގެ ތާރީހުގައި އެންމެ ގިނަ އަދަދެއްގެ ކޮކެއިން އަތުލައިގަތް ފުރަތަމަ ފަހަރެވެ.