Advertisement

ކަނޑިތީމުގައި "ކަނޑިސާރު" ނަމުގައި ސަގާފީ މަރުކަޒެއް ހުޅުވައިފި

18 ޖޫން 2024 - 09:08 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ށ. ކަނޑިތީމުގައި "ކަނޑިސާރަ" ނަމުގައި ސަގާފީ މަރުކަޒެއް ހުޅުވުން


ކަނޑިތީމުގައި "ކަނޑިސާރު" ނަމުގައި ސަގާފީ މަރުކަޒެއް ހުޅުވައިފި

18 ޖޫން 2024 - 09:08 0

ށ. ކަނޑިތީމުގައި "ކަނޑިސާރަ" ނަމުގައި ސަގާފީ މަރުކަޒު ހުޅުވައިފި އެވެ.

ކަނޑިތީމު ޒުވާނުން އިސް ނަގައިގެން މީގެ ފަސް އަހަރު ކުރިން ފަށައިގެން ނިންމާލި މި މަރުކަޒުގެ ބޭނުމަކީ އެ ރަށުގެ ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކަމާއެކު ފެންނާނެ ގޮތަށް ބެހެއްޓުމެވެ.

ކަނޑިތީމު ކައުންސިލުގެ ރައީސް އަހުމަދު އަހުސަން ވިދާޅުވީ ރަށުގެ ތަރިކަ ހިމާޔަތް ކުރުމުގެ މަސައްކަތަކީ ކައުންސިލްގެ ޒިންމާގެ ތެރޭގައި ވެސް ހިމެނޭ ކަމެއްކަމަށް ވާތީ، އެ މަސައްކަތަށް ކައުންސިލުން އަބަދުވެސް ވަރަށް ބޮޑު އެއްބާރުލުމެއް ދެމުންދާ ކަމަށެވެ.

"އެންމެ ފުރަތަމަ ތަކެތި ބަހައްޓާފައި ވަނީ ރަށުގައި ބޭސް ފިހާރައެއް ހިންގި، ޖާގައިގެ ގޮތުން ދަތި ތަނެއްގައި. އަދި ފަހުން ސަގާފީ މަރުކަޒު ތަރައްގީ ކުރުމަށް ކުރެވުނު މަސައްކަތުގެތެރެއިން، އުވާލާފައިވާ އިހުގެ އަންހެނުންގެ މިސްކިތަށް ތަކެތި ބަދަކުރި. އެކަން ކުރުމުގައި މިސްކިތުގެ އަސްލު ނުގެއްލޭ ގޮތަށް އެ މަސައްކަތް ކޮށްފައި ވާނެ،" ކަނޑިތީމު ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

ށ. ކަނޑިތީމުގައި "ކަނޑިސާރަ" ނަމުގައި ސަގާފީ މަރުކަޒެއް ހުޅުވުން


މި މަރުކަޒު ކަނޑިތީމުގައި ހުޅުވުމާ ގުޅިގެން ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު ވަނީ ކަނޑިތީމު ކައުންސިލް ރައީސް އަހުމަދު އަހުސަންއަށް ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވެފަ އެވެ.

އާދަމް ނަސީރު ވިދާޅުވީ އެ މަރުކަޒުގައި އާސާރީ ތަރިކަ ރައްކާތެރިކުރުމާއި އެކަމުގެ އިލްމު ފޯރުކޮށްދިނުން އެ މިނިސްޓްރީގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމަށެވެ. އަދި އެކަމުގައި ކަނޑިތީމުގެ އިސްނެގުން ބަލައިގަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ތަރިކަ ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ތަރިކައިގެ ތެރޭގައި ހިމެނޭ ހުރިހާ ބައިތަކަކަށް ވެސް ސަމާލުކަން ދިނުން މުހިންމު. ކަނޑިތީމުގައި މާއްދީ ތަރިކަތަކެއް ހުރި ފަދައިން މާނަވީ ތަރިކަތަކެއް ވެސް ހުންނާނެ. މާއްދީ ތަރިކަ ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ބީދައިން މާނަވީ ތަރިކަ ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމަށް އެދެން،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން އާދަމް ނަސީރު ވަނީ ކަނޑިތީމުން ކުރަމުންދާ ތަރިކަ ހިމާޔަތް ކުރުމުގެ މަސައްކަތްތަކާ ބެހޭ ގޮތުން އިތުރަށް މަޝްވަރާކޮށް، އެކަން ފުޅާ ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ހިޔާލު ބަދަލުކުރުމަށް ކައުންސިލާ ބައްދަލު ކުރުމަށް ދައުވަތު އަރުވާފަ އެވެ.