Advertisement

ބީޗް އިންވެސްޓްމަންޓުން ކުޑަހުވަދޫގައި ބޮޑު ސުޕަމާޓެއް ހުޅުވައިފި

17 ޖޫން 2024 - 18:35 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބީޗް މާޓް: ކުޑަހުވަދޫގައި އަލަށް ހުޅުވި ސުޕަމާޓް


ބީޗް އިންވެސްޓްމަންޓުން ކުޑަހުވަދޫގައި ބޮޑު ސުޕަމާޓެއް ހުޅުވައިފި

17 ޖޫން 2024 - 18:35 0

ބީޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ދ. ކުޑަހުވަދޫގައި "ބީޗް މާޓް ކުޑަހުވަދޫ" ގެ ނަމުގައި ސުޕަމާޓެއް ހުޅުވައިފި އެވެ.

ބީޗް މާޓުން ބުނީ މި ސުޕަމާޓުން ދ. އަތޮޅާއި، އެ އަތޮޅު ކައިރީ ރަށްތަކުގެ އިތުރުން ކައިރީ ރިސޯޓުތަކަށް ހޯލްސޭލް އަދި ރީޓެއިލްކޮށް މުދާ ފަސޭހަކަމާއެކު ލިބެން ހުންނާނެ ކަމަށެވެ.

ސުޕަމާޓުން ކާބޯތަކެތީގެ ގިނަ އުފެއްދުންތަކާއި، މޭވާ އާއި ތަރުކާރި، ކޮސްމެޓިކްސް، އަދި އެކި ވައްތަރުގެ ހާޑްވެއާ ސާމާން ލިބެން ހުންނާނެ އެވެ.

ބީޗް އިންވެސްޓްމަންޓުގެ ބޯޑު މެންބަރު އަދި ހިއްސާދާރު މުހައްމަދު ވާފިރު ވިދާޅުވީ މިތަން ހުޅުވިގެން ދިޔައީ ދެތިން އަހަރު ވަންދެން ޓީމުގެ މެނޭޖްމަންޓު އަދި ސްޓާފުން ކުރި ބުރަ މަސައްކަތުން ކަމަށެވެ.

މިއީ ކުޑަހުވަދޫގައި މިފަދަ ސުޕަމާޓެއް ހުޅުވިގެންދިޔަ ފުރަތަމަ ފަހަރެވެ. ބީޗް އިންވެސްޓްމަންޓުން ބުނީ މިއާ އެކީ، އެ ރަށުގެ ކުދި ވިޔަފާރިތަކަށް ހެޔޮ އަގުގައި ސުޕަމާޓުން ހޯލްސޭލްކޮށް މުދާ ގަނެގެން ވިއްކަން ފަސޭހަވެގެންދާނެ ކަމަށެވެ.