12 ޖޫން 2024 - 19:36 0
ލީވާން އަލީ ނާސިރު
ދިރާގުން ޓެކްސީތަކަށް ވައިފައި ލިބޭ ހާއްސަ އީދު ޕްރޮމޯޝަނެއް ފެށުން -- ފޮޓޯ؛ ދިރާގު
12 ޖޫން 2024 - 19:36 0
ޓެކްސީތަކުން ދަތުރުކުރާ އިރު ޕަސެންޖަރުނަނަށް ހަލުވި ސްޕީޑްގެ އިންޓަނެޓް ކަނެކްޓިވިޓީ ލިބޭނެ ހާއްސަ އީދު ޕްރޮމޯޝަނެއް މިއަދު ދިރާގުން ފަށައިފި އެވެ.
ދިރާގުން ބުނީ ޖުލައި 31، ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން ޓެކްސީ ޑްރައިވަރުންނަށް ހިލޭ "މައިފައި" ޑިވައިސްއަކާ އެކު މުޅިން ހިލޭ 10ޖީބީ ޑޭޓާވެސް ލިބޭނެ ކަމަށެވެ.
މި މައިފައި ޑިވައިސްގެ ޒަރިއްޔާއިން ޓެކްސީ ޑްރައިވަރުންނަށް ދަތުރު ކުރާ ފަރާތްތަކަށް ފަސޭހަކަމާ އެކު އިންޓަނެޓް ފޯރުކޮށްދެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.
"މާލެ ސަރަހައްދުގައި ތައާރަފްކުރި މި ހާއްސަ ޕްރޮމޯޝަނާ އެކު ޓެކްސީ ޑްރައިވަރުންގެ އިތުރުން ޕަސެންޖަރުންނަށްވެސް އިތުރު ލުއިފަސޭހަކަމާއި އަވަސް މުއާމަލާތްތައް ކުރުމުގެ މަގުފަހިވެގެންދާނެ. ޕްރޮމޯޝަންގައި އިސްކަން ދެވޭނީ ފުރަތަމަ ވަޑައިގަންނަވާ ޑްރައިވަރުންނަށް،" ދިރާގުން ބުންޏެވެ.
މި ޕްރޮމޯޝަން މުއްދަތު ތެރޭގައި ޓެކްސީ ޑްރައިވަރުން އެފަރާތްތަކުގެ ޓެކްސީ ކާޑު ހިފައިގެން މާލެ ނުވަތަ ހުޅުމާލޭގައި ހުންނަ ދިރާގު ކަސްޓަމަރ ސާވިސް ސެންޓަރަށް ޒިޔާރާތްކުރުމުން ހިލޭ މައިފައި ޑިވައިސް ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހުރިހާ އުމުރު ފުރައަކަށް އެކަށޭނެގޮތަށް ފަރުމާކޮށް އަދި ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
Comment