Advertisement

ޓެކްސީއެއްގައި ބޭއްވުނު ގަނޑުކުރި ކުކުޅުތަކަކާއި ޗިކަން ނަގެޓްސްތަކެއްގެ ވެރި ފަރާތް ފުލުހުން ހޯދަނީ

13 އޮކްޓޯބަރު 2024 - 20:28 0


ޓެކްސީއެއްގައި ބޭއްވުނު ގަނޑުކުރި ކުކުޅުތަކަކާއި ޗިކަން ނަގެޓްސްތަކެއްގެ ވެރި ފަރާތް ފުލުހުން ހޯދަނީ

13 އޮކްޓޯބަރު 2024 - 20:28 0

ޓެކްސީއެއްގެ ޑިކީ ތެރޭގައި މިއަދު މީހަކަށް ބޭއްވުނު ގަނޑުކުރި ކުކުޅުތަކަކާއި ޗިކެން ނަގެޓްސް އަދި ފިޔާތަކެއްގެ ވެރި ފަރާތް ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ފުލުހުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެ ތަކެތި ބޭއްވީ ވެރި ރަށް މާލެއިން ހުޅުމާލޭ ލަކުޑި ޖެޓީއަށް ދަތުރު ކުރި ކަސްޓަމަރެއް ކަމަށެވެ.

ފުލުހުން ބުނީ އެ ތަކެތީގެ ވެރި ފަރާތުން ހުޅުމާލޭ ފޭސް އެކެއްގެ ފުލުސް ސްޓޭޝަނަށް ދިޔުމުންް ތަކެތި ހަވާލު ކުރާނެ ކަމަށެވެ. އަދި ފުލުހުންގެ ނަންބަރު 9980062 ފޯނަށް ގުޅުމުން ކަމާ ބެހޭ މައުލޫމާތު ސާފުކޮށްދޭނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ކާރޫބާރޫ ބޮޑު މާލޭގައި ވަރަށް ގިނަ ބަޔަކު ޓެކްސީގެ ހިދުމަތް ހޯދާއިރު، ހަނދާން ނެތިގެން އަގުބޮޑެތި މުދާ ބަހައްޓާފައި ދެވޭ ފަހަރު ދިމާވެ އެވެ. މީގެ ކުރިން އޯގަސްޓު، 2019، ގައި އެއް ލައްކަ ރުފިޔާ އަޅާފައި ހުރި ދަބަހެއް ވެސް ބަހައްޓާފައި މީހަކު ދިޔަ އެވެ.

އޭގެ އިތުރުން އޭޕްރީލް، 2019، ގައި އަގުބޮޑު ޑައިވިން ކޮމްޕިއުޓަރެއް ޓެކްސީއެއްގައި ބާއްވާފައި ވެސް މީހަކު ދިޔަ އެވެ. އެއީ 1000 ޕައުންޑުގެ އެއްޗެއް ކަމަށްވެ އެވެ.