Advertisement

ފަލަސްތީނަށް އެހީވުމަށް ދީލަތިކަމުގައި އިންތިހާއަށް ގޮސްދިނުމަށް ރައީސް އެދިވަޑައިގެންފި

12 ޖޫން 2024 - 11:27 0

އަހުމަދު ސައީދު

އަހުމަދު ސައީދު

"ފަލަސްތީނާ އެކު ދިވެހިން" ތެލެތޯން ފައްޓަވައި ދެއްވައި، ރައީސް މުހައްމަދު މުއިއްޒު އާއި އަނބިކަންބަލުން ސާޖިދާ މުހައްމަދު ފައިސާ ހަދިޔާ ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް


ފަލަސްތީނަށް އެހީވުމަށް ދީލަތިކަމުގައި އިންތިހާއަށް ގޮސްދިނުމަށް ރައީސް އެދިވަޑައިގެންފި

12 ޖޫން 2024 - 11:27 0

ފަލަސްތީނުގެ މައްސަލަ ވަނީ މީގެ ކުރިން ބޮޑުނުވާވަރަށް ބޮޑުވެފައި ކަމަށާއި އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދީލަތިކަމުގައި އިންތިހާއަށް ގޮސް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގަންނަވައިފި އެވެ.

ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް) އިންތިޒާމުކުރާ، "ފަލަސްތީނާ އެކު ދިވެހިން" ތެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި ޕީއެސްއެމްގައި ވާހަކަ ދައްވަމުން ރައީސް މުއިއްޒު ވަނީ، ފަލަސްތިނު ރައްޔިތުންނަށް އެހީވުމުގައި "ދީލަތިކަމުގައި އިންތިހާ އަށް" ގޮސްދިނުމަށް އެދިވަޑައިގެންފަ އެވެ.

"މިއޮތީ އަޅުގަނޑުމެން މުސްލިމުންގެ ކުރިމަތީގައި މިވަތުތު އޮތް އެންމެ ބޮޑު މައްސަލަ، މީގެ ކުރީގައި ބޮޑުނުވާވަރަށް ބޮޑުވެފައި،" މުއިއްޒު ވިދާޅުވި އެވެ. "މިއީކީއެއް ދެ ގައުމެއްގެ ދޭތެރޭގައި އޮތް މައްސަލައެއް ނޫން، މިއީ އިސްލާމީ އުންމަތަށް ކުރިމަތިވެފައި އޮތް ބޮޑު ކަމެއް."

ހެނދު 8:00 އިން ފެށިގެން މިރޭ ދަންވަރު 12:00 އާ ހަމައަށް ކުރިއަށް ގެންދާ ޓެލެތޯނުގައި ކޮންމެ މީހަކަށް ވެސް އެހީތެރިވެވޭނެ އެންމެ މަތީ މިންވަރަކުން އެހީތެރިވެދިނުމަށް ރައީސް އެދިވަޑައިގަތެވެ. ރައީސް އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ މިއަދު ފައިސާ ހަދިޔާ ކުރައްވައިފަ އެވެ.

"ފަލަސްތީނުގެ ރައްޔިތުންނަށް މިވަގުތު އަޅުގަނޑުމެން އެހީތެރިކަން ނުދީފިނަމަ، ދެން ދައްކާނެ އިތުރު ވާހަކަ އެއް މިކަމުގައި ނޯންނާނެ، ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެންނަށް ކޮށްދެވެެން އޮތް ހުރިހާ މަސައްކަތެއް ހުރިހާ ކަމެއް ކޮށްދޭން އެބަޖެހޭ، ދީލަތިކަމުގައި އިންތިހާއަށް ދާނެޖެހޭ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

ފީއެސްއެމް އާއި މީޑިޔާ ތަކާއި ގުޅިގެން ކުރިއަށް ގެންދާ މި ތެލެތޯނުން ލިބޭ ފައިސާ ދެފުށް ފެންނަ ގޮތަށް، ފަލަސްތީނުގެ ރައްޔިތުނަން އެހީލިބޭ ގޮތަށް ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖެ އިން މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ވަނީ، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ޓެލެތޯން އާއި އެނޫން ވެސް ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.