12 ޖޫން 2024 - 14:22 0
ލީވާން އަލީ ނާސިރު
ހަންޓާ ބައިޑެން: ތިން ދައުވާއެއް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައި -- ފޮޓޯ: އެންބީސީ
12 ޖޫން 2024 - 14:22 0
އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ދަރިކަލުން، ހަންޓާ ބައިޑެންގެ މައްޗަށް އުފުލި ތިން ދައުވާ ވެސް ސާބިތުވާ ކަމަށް ޑެލަވެއާގެ ފެޑެރަލް ކޯޓުން ކަނޑައަޅައިފި އެވެ.
ހަންޓާ، 54 ގެ މައްޗަށް މަސްތުވާތަކެތި ބޭނުންކުރާ މީހަކަށްވެ ހުރެ، އޮޅުވާލައިގެން ބަޑިއެއް ގަނެފައިވާ މައްސަލަ ސާބިތުވާ ކަމަށް ކަނޑައެޅީ 12 މެންބަރުން ހިމެނޭ ޖޫރީއަކުންނެވެ.
މިއީ އެމެރިކާގެ ރައީސެއްގެ ދަރިކަލެއްގެ މައްޗަށް ދައުވާއެއް ކޮށްގެން ސާބިތުވި ފުރަތަމަ ފަހަރެވެ.
މި ހުކުމާ ގުޅިގެން ޖޯ ބައިޑެން ވިދާޅުވީ ކޯޓުގެ ނިންމުމަށް ފުރިހަމައަށް އިހުތިރާމުކުރާ ކަމަށާއި މައްސަލަ އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
"ހަންޓާއާމެދު އަހަރުމެންގެ އާއިލާއިން ފަހުރުވެރިވޭ އަދި އޭނާއަށް އަހަރުމެންގެ އާއިލާއިން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދޭނަން،" ބައިޑެން ބުންޏެވެ.
ހަންޓާ ވިދާޅުވީ ހުކުމް އައިގޮތުން ވަރަށް ހިތްހަމަނުޖެހޭ ކަމަށާއި ނަމަވެސް މި ވަގުތު ވެސް އާއިލާގެ އިތުރުން ރައްޓެހިން ދެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.
މައްސަލައިގައި ހަންޓާގެ މައްޗަށް އަހަރަކަށްވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިއީ އޭނާގެ ފުރަތަމަ ކުށް ކަމަށްވުމާއެކު ޖަލު ހުކުމް ކުޑަވެދާނެ ކަމަށް ބެލެވެ އެވެ.
ހަންޓާގެ މި މައްސަލަ ފެންމަތިވީ ބައިޑެން އެމެރިކާގެ ރައީސްކަމާ 2019 ގައި ހަވާލުވުމުގެ ކުރިން ކަމަށްވާއިރު، ބައިޑެން ދެވަނަ ދައުރަށް ކެމްޕޭން ކުރަމުން އަންނަ މި ދަނޑިވަޅުގައި ހުކުމް މިގޮތަށް އައުމުން ކެމްޕޭނަށް އަސަރުކުރާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
Comment