Advertisement

ސްޓޫޑެންޓު ލޯނަށް ޝަރުތު ހަމަވީ 1،153 ދަރިވަރުން

11 ޖޫން 2024 - 14:12 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ -- ފޮޓޯ: ހަޔާ އެޑިއުކޭޝަން


ސްޓޫޑެންޓު ލޯނަށް ޝަރުތު ހަމަވީ 1،153 ދަރިވަރުން

11 ޖޫން 2024 - 14:12 0

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި ހުށަހެޅި 1،153 ދަރިވަރުންނަށް ލޯނު ދޭން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެމިނިސްޓްރީން މިއަދު ބުނީ ސްޓޫޑެންޓް ލޯނަށް އެދި ހުޅުވާލި 500 ފުރުސަތަށް 1،709 ދަރިވަރުން އެޕްލިކޭޝަން ހުށަހެޅި ކަމަށެވެ. އޭގެ ތެރެއިން ސްޓޫޑެންޓް ލޯނު ސްކީމަށް މިހައިނަތަނަށް ނަގާފައިވާ 1،015 ދަރިވަރުންނަށް ލޯނަށް ހޮވިފައިވާ ކަމުގެ "ސްޕޮންސާ ލެޓާ" ބުރާސްފަތި ދުވަހު ދޭނެ ކަމަށް ވެސް ބުންޏެވެ.

ނަތީޖާގައި ޑިސްކޮލިފައިވި ދަރިވަރުން ޑިސްކޮލިފައިވި ސަބަބު ބަޔާން ކޮށްފައި ވާނެ ކަމަށާއި، ނަތީޖާއާ މެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޖޫން 25، ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށް ވެސް އެ ހަޔާއެޑިއުކޭޝަނުން ބުންޏެވެ.

ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނަމަވެސް، ޕައިލެޓު ލައިސަންސް ސްލޮޓަށް ޝަރުތު ހަމަވި 148 ދަރިވަރުންގެ ތެރެއިން ލޯނު ދޭން ސަރުކާރުން ނިންމީ 10 ދަރިވަރުންނަށެވެ.

"ޕައިލެޓް ލައިސެންސް ސްލޮޓްގެ މިއަދު އިއުލާނު ކުރެވިގެން މި ދަނީ ވަގުތީ ނަތީޖާ. އަދި އެހެނިހެން ސްލޮޓްތަކުގެ ސެލެކްޓް ވެފައިވާ ދަރިވަރުންގެ ދާއިމީ ނަތީޖާ" ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ފައިލެޓް ލައިސެންސްގެ ސްލޮޓަށް ކުރިމަތިލީ ފަރާތްތަކުގެ ވަގުތީ ނަތީޖާ ލިބެން މިނިސްޓްރީގެ ވެބްސައިޓުން ހުންނާނެ ކަމަށާއި އަދި އެހެނިހެން ސްލޮޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ނަތީޖާ "މައި އެޑިޔު ޕޯޓަލް" އިން ލިބެން ހުންނާނެ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެ އެވެ.

މިދިޔަ ސަރުކާރުން ވެސް ވަނީ ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދީފަ އެވެ. އޭގެ ތެރޭގައި ޕައިލެޓް ކަމަށް އެދި ހުށަހެޅި ހުރިހާ ދަރިވަރުންނަށް ވަނީ ލޯނު ދޭން ނިންމާފަ އެވެ.