Advertisement

ދިރާގު އީދު ޝޯގައި "ވިން އަ ޓެސްލާ" ގެ ލަކީ ޑްރޯ ނަގަނީ

12 ޖޫން 2024 - 08:51 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ދިރާގުން "ވިން އަ ޓެސްލާ" ލަކީޑްރޯގެ ދަށުން ދޭ ކާރު: ކާރުގެ ނަސީބުވެރިޔާ ދިރާގު އީދު ޝޯގައި ނެގުމަށް ވަނީ ހަމަޖެހިފައި -- ފޮޓޯ: ދިރާގު


ދިރާގު އީދު ޝޯގައި "ވިން އަ ޓެސްލާ" ގެ ލަކީ ޑްރޯ ނަގަނީ

12 ޖޫން 2024 - 08:51 0

މި އަހަރުގެ ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން ދިރާގުން ބާއްވާ އީދު ޝޯގައި "ވިން އަ ޓެސްލާ" ގެ ލަކީ ޑްރޯ ޖޫން 17، ވާ ހޯމަ ދުވަހު ނަގާނެ ކަމަށް އެ ކުންފުނިން އިއުލާންކޮށްފި އެވެ.

ދިރާގުން ބުނީ އީދު ޝޯގައި މަޝްހޫރު މިއުޒިޝަނުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން ރެވިއޯ، ސްކައިރޮކް، އީކުއެޓިކް ވައިބް، ޓްރެފިކް ޖޭމް، ޑީޖޭ އަލީ އަދި ސިމްބޮލިކް ފެނިގެންދާނެ ކަމަށެވެ.

ދިރާގުގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވީ މެދުކެނޑުމަކަށް ފަހު ދިރާގު އީދު ޝޯ އަލުން އާންމުންނާ ހަމައަށް ގެނެސްދިނުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށާއި، އުއްމީދަކީ ޝޯގެ ޒަރިއްޔާއިން އީދުގެ ރޫހު އާލާވެ، ބެލުންތެރިންގެ ހަނދާނުން ނުފިލާ ފަދަ ފުރިހަމަ ތަޖުރިބާއަކަށް ވެގެން ދިޔުން ކަމަށެވެ.

"ޝޯގެ ތެރޭގައި ހުނަރުވެރި ދިވެހި ފަންނާނުންގެ ރާގުތައް އިވުމުގެ އިތުރުން އަޅުގަނޑުމެންގެ ވިން އަ ޓެސްލާ ޕްރޮމޯޝަންގެ ކާރުގެ ވެރިފަރާތްވެސް އިނގިގެން ދާނެ. ވީހާވެސް ގިނަ ބޭފުޅުން، ރައްޓެހިންނާއި އާއިލާއާ އެކު، ޝޯ ބަލާލުމަށް ވަޑައިގަންނާނެ ކަމަށް އުންމީދު ކުރަން،" ޖައިޝާން ހަމީދު ބުންޏެވެ.

ޝޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖޫން 17، ގެ ރޭގަނޑު 8:00 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. މި ހަރަކާތުގެ ހޯސްޓިން ޕާޓްނަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ.