Advertisement

އައްޑޫގައި ގާމެންޓް ފެކްޓަރީއެއް އަޅަން ބީސީސީއާ ހަވާލުކޮށްފި

10 ޖޫން 2024 - 04:46 0

މުހައްމަދު ޝަހްޒާން

މ

Advertisement

އައްޑޫ ސިޓީ ހިތަދޫގައި ގާމެންޓު ފެކްޓަރީއެއް ގާއިމު ކުރުމަށް އިއްޔެ ވީ އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް


އައްޑޫގައި ގާމެންޓް ފެކްޓަރީއެއް އަޅަން ބީސީސީއާ ހަވާލުކޮށްފި

10 ޖޫން 2024 - 04:46 0

Advertisement

Advertisement

އައްޑޫގައި ގާމެންޓު ފެކްޓަރީއެއް ގާއިމު ކުރުމަށް ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމެއްގައި ބިޒްނަސް ސެންޓާ ކޯޕަރޭޝަން( ބީސީސީ) އާއެކު އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ސޮއި ކޮށްފި އެވެ.

އެ އެއްބަސްވުމުގައި ބީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، ސާމިހު އާދަމް އެވެ. އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ އެ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު، މުހައްމަދު ޝުއާއު އެވެ.

Advertisement

އިއްޔެ ވި އެއްބަސްވުމުގެ ދަށުން ގާމެންޓު ފެކްޓަރީ އެޅުމަށް ހަމަޖެހިފައި ވަނީ އައްޑޫ ސިޓީގެ ހިތަދޫގަ އެވެ. އެ ފެކްޓަރީ ހިންގާނީ ބީސީސީންނެވެ.

އައްޑޫގެ ޑެޕިއުޓީ މޭޔަރު، މުހައްމަދު ޝުއާއު ވިދާޅުވީ އިއްޔެވީ އެއްބަސްވުމުގެ ދަށުން ބީސީސީއާ ހަވާލު ކުރީ 30،000 އަކަފޫޓުގެ ބިމެއް ކަމަށާއި އެ ބިން ބީސީސީއަށް ކުއްޔަށް ދޫކުރަން އެއްބަސްވީ 20 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

އެއްބަސްވުމާ ގުޅޭގޮތުން އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު ވިދާޅުވީ އެކަމަކީ ވަރަށް ކުރީއްސުރެއް ކުރަން މަސައްކަތް ކުރަމުން އައި ކަމެއް ކަމަށެވެ.