Advertisement

އުނގޫފާރުގައި ބަޔަކު ކަރަންޓު ޖެހުނު މައްސަލަ ތަހުގީގުކޮށް ފިޔަަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި

9 ޖޫން 2024 - 14:31 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އުނގޫފާރުގައި ހޮސްޕިޓަލު ކައިރީ ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ؛ އުނގޫފާރުޑޮޓްކޮމް


އުނގޫފާރުގައި ބަޔަކު ކަރަންޓު ޖެހުނު މައްސަލަ ތަހުގީގުކޮށް ފިޔަަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި

9 ޖޫން 2024 - 14:31 0

ރ. އުނގޫފާރުގައި ބަޔަކު ކަރަންޓުގައި ޖެހުނު މައްސަލައިގައި އިހުމާލުވި ފަރާތްތައް ހޯދަން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން "އަދަދު" އަށް ވިދާޅުވީ އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށާއި، އެކަމާ ގުޅިގެން އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

މެއި 23، ހިނގި މި ހާދިސާގައި އަށް އަހަރުގެ ފިރިހެން ކުއްޖަކާއި، 12 އަހަރުގެ އަންހެން ކުއްޖެއްގެ އިތުރުން 18 އަހަރުގެ ހުސެއިން އަތީކު ކަރަންޓުގައި ޖެހުނެވެ.

އޭގެ ތެރެއިން 18 އަހަރުން ދަށުގެ ދެ ކުދިންނަށް އުނގޫފާރު ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލިއިރު، އަތީކު އިތުރު ފަރުވާއަށް މާލެ ގެނެސްފައި ވަނިކޮށް އިއްޔެ ވަނީ ނިޔާވެފަ އެވެ.

މިކަމާ ގުޅިގެން އަތީކުގެ އާއިލާއިން ބުނީ މި ކަމާ ގުޅިގެން އަތީކުއަށް އިންސާފު ބޭނުންވާ ކަމަށާއި މައްސަލަ ބަލައި ދިނުމަށް އެދި ކަމާ ބެހޭ ފަރާތްތަކަށް ރަސްމީކޮށް ހުށަހަޅާނެ ކަމަށެވެ.

އެ އާއިލާއިން ބުނީ މިކަން ހިނގާފައި ވަނީ ބައެއްގެ އިހުމާލުން ކަމަށާއި އެފަދަ ހާދިސާއެއް ތަކުރާރު ވުމަށް ނޭދޭ ކަމަށެވެ. އަދި މިކަމުގައި ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައި ނުވާތީ ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.