Advertisement

އިންޑިއާގެ ގޯ އެއާ އިން މީރާއަށް 3.6 މިލިއަން ޑޮލަރު ދައްކަން ހުކުމްކޮށްފި

9 ޖޫން 2024 - 11:05 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ވެލާނާ އެއާޕޯޓުގައި ގޯ އެއާގެ ފްލައިޓެއް.


އިންޑިއާގެ ގޯ އެއާ އިން މީރާއަށް 3.6 މިލިއަން ޑޮލަރު ދައްކަން ހުކުމްކޮށްފި

9 ޖޫން 2024 - 11:05 0

އިންޑިއާގެ ގޯ އެއާ އިން މީރާއަށް 3.6 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން މިދިޔަ ހަފުތާ ހޯމަ ދުވަހު ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި އެއީ އޭޕްރީލް 2022، އިން ފެށިގެން މާޗު 2023، ގެ ނިޔަލަށް އެއާޕޯޓު ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ގޯ އެއާ އިން މީރާ ދައްކަން ޖެހޭ އެކަމަކު މިހާތަނަށް ނުދައްކާ ހުރި ޖުމުލަ ފައިސާ އެވެ.

ސިވިލް ކޯޓުން ހުކުމްކުރީ އެ ދުވަހުން ފެށިގެން ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި 3،580،588 ޑޮލަރު (55،141،055 ރ.) ދެއްކުމަށެވެ. ކޯޓުން އެ ގޮތަށް ހުކުމް ކުރީ ގޯ އެއާގެ ޣައިރު ހާޒިރުގަ އެވެ.

ސިވިލް ކޯޓުން އަޑުއެހުންތަކަށް ހާޒިރުވުމަށް ގޯ އެއާ ކުރިން ހިންގި އޮފީހުގެ އެޑްރެސްއަށް ޗިޓު ރައްދު ކުރަން މަސައްކަތް ކުރި ނަމަވެސް ޗިޓު ރައްދުކޮށްދެވިފައެއް ނުވެ އެވެ. އެ އެއާލައިން މިހާރު ރާއްޖޭގައި އޮޕަރޭޓް ކުރަމުން ނުދާ ކަން ކޯޓުގެ ހުކުމުން ވެސް އެނގެން އެބަ އޮތެވެ.