Advertisement

އަތީކުގެ އާއިލާއިން ބޭނުންވަނީ އިންސާފު އަދި އެފަދަ ހާދިސާއެއް ތަކުރާރު ނުވާން!

9 ޖޫން 2024 - 11:19 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރ. އުނގޫފާރުގައި 18 އަހަރުގެ އަތީކު ކަރަންޓުގައި ޖެހުނު ސަރަހައްދު: އަތީކުއަށް ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފައި -- ފޮޓޯ: އުނގޫފާރުޑޮޓްކޮމް


އަތީކުގެ އާއިލާއިން ބޭނުންވަނީ އިންސާފު އަދި އެފަދަ ހާދިސާއެއް ތަކުރާރު ނުވާން!

9 ޖޫން 2024 - 11:19 0

ރ. އުނގޫފާރުގައި މަގު ބައްތިއެއްގެ ހޮޅިދަނޑިއަކުން ކަރަންޓުގައި ޖެހިގެން ފަރުވާ ހޯދަމުން ދަނިކޮށް އިއްޔެ ނިޔާވި 18 އަހަރުގެ ޒުވާނާއަށް އިންސާފު ބޭނުންވާ ކަމަށާއި، އެފަދަ ހާދިސާއެއް ތަކުރާރު ވުމަށް ނޭދޭ ކަމަށް އާއިލާއިން ބުނެފި އެވެ.

މެއި 23، ހިނގި ހާދިސާގައި އަތީކު ކަރަންޓުގައި ޖެހުނީ، ފެންގަނޑެއްގައި ކުޅެން ތިބި ދެ ކުދިން ކަރަންޓުގައި ޖެހިފައި ވަނިކޮށް ސަލާމަތް ކުރުމުގެ ތެރޭގަ އެވެ.

އަތީކުގެ ބައްޕަ ފަރާތު ބޮޑުބޭބެ ހުސެއިން ޝިޔާމް "އަދަދު" އަށް ބުނީ މިފަދަ ހާދިސާއެއްގައި އިހުމާލުވި ފަރާތެއް އޮންނަން ވާނެ ކަމަށާއި، ބޭނުންވަނީ އަތީކުއަށް އިންސާފު ކަމަށެވެ.

މިކަމާ ގުޅިގެން ފޯނުގެ ޒަރިއްޔާއިން އުނގޫފާރު ޕޮލިސް ސްޓޭޝަންގެ އިންޗާޖަށް އަދި ކައުންސިލަށް ގުޅައި، ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވާނެ ކަމަށާއި، މިކަމުގައި ޒިންމާވާނެ ފަރާތެއް ހުރިނަމަ އެމީހަކަށް އިންސާފުވެރިކަމާއެކު ފިޔަވަޅު އަޅައި ދިނުމަށް ވެސް އެދިފައިވާނެ ކަމަށެވެ.

"ފުރާނައަކަށްވުރެ އަގުބޮޑު އެއްޗެއް ނުހުންނާނެ. ކޮންމެވެސް ބަޔަކު އިހުމާލުވެފައި މިއޮތީ. އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅައިދޭން ވަނީ އެދިފައި. ރަސްމީކޮށް މާދަމާ ހިސާބު ހުށަހަޅާނަން. ބަދަލެއް ހޯދުމަށްވުރެ ބޭނުންވަނީ މިކަން ދެވަނަ ފަހަރަށް ތަކުރާރު ނުވުން،" ހުސެއިން ޝިޔާމް ބުންޏެވެ.

އޭގެއިތުރުން ފެނަކައާ ވެސް މިކަމާ ގުޅިގެން ކަންބޮޑުވުންތައް ހިއްސާކޮށްފައިކަން ފާހަގަކުރައްވާ ޝިޔާމް ބުނީ ފެނަކައިން ބުނެފައި ވަނީ މަގުބައްތިތައް ބަލަހައްޓަން ޖެހޭނީ ކައުންސިލުން ކަމަށެވެ.

މިވަރުގެ ބޮޑު ކަމެއް ހިނގައިގެން ދިޔުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސަރުކާރުގެ ފަރާތުން ގުޅާފައި ހަބަރު ވެސް ބަލާފައި ނުވާ ކަމަށް ޝިޔާމް ބުނި އެވެ.

ހާދިސާގައި އޯޓިސްޓިކު ބަލި ހުންނަ އަތީކުގެ ހާލު ދެވަރެގެން އިތުރު ފަރުވާއަށް މާލެ ގެނަ އެވެ. ނަމަވެސް ކިޑްނީގެ އިތުރުން މޭ ކަށިގަނޑު ވެސް ބިންދައިގެން ގޮސްފައިވާ އަތީގު އިއްޔެ ވަނީ ނިޔާވެފަ އެވެ.