Advertisement

މޯދީ ހުވާ ކުރައްވާ ރަސްމިއްޔާތު ޕީއެސްއެމްއިން ލައިވް ކުރަނީ

9 ޖޫން 2024 - 11:16 12

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ބާބްރީ މިސްކިތް ތަޅާލުމަށްފަހު އެތަނުގައި އެޅި ފައްޅި ހުޅުވުމަށް މޯދީ ވަޑައިގަންނަވަނީ. މޯދީ ވަނީ ވެރިކަމުގެ ތިންވަނަ ދައުރު ކަށަވަރު ކުރައްވައިފަ --


މޯދީ ހުވާ ކުރައްވާ ރަސްމިއްޔާތު ޕީއެސްއެމްއިން ލައިވް ކުރަނީ

9 ޖޫން 2024 - 11:16 12

ތިންވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރުކަމުގެ ހުވާ ނަރެންދުރަ މޯދީ ކުރައްވާ ރަސްމިއްޔާތު ރާއްޖޭގެ ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ފުރަތަމަ ފަހަރަށް ލައިވް ކުރަން ނިންމައިފި އެވެ.

ޕީއެސްއެމްއިން އެ ރަސްމިއްޔާތު ލައިވް ކުރަނީ މިއަދު އިރުއޮއްސި 6:00 އިން މިރޭ 8:00 އަށެވެ. މައުލޫމާތު ލިބިފައި ވާގޮތުގައި މިއީ އިންޑިއާގެ ބޮޑުވަޒީރަކު ވެރިކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތެއް ރާއްޖޭގެ ޓީވީ ޗެނެލަކުން ލައިވް ކުރާ ފުރަތަމަ ފަހަރެވެ.

އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރޭ އިންޑިއާއަށް ވަޑައިގެންފަ އެވެ.

އެމަނިކުފާނު އިންޑިއާއަށް މި ވަޑައިގަތީ ވެރިކަމަށް ވަޑައިގަތުމަށްފަހު ރަސްމީ ހައިސިއްޔަތުން ފުރަތަމަ ފަހަރަށެވެ.

ތިންވަނަ ދައުރެއް މޯދީ ކަށަވަރުކުރެއްވުމާއެކު އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވި ލީޑަރުންގެ ތެރޭގައި ރައީސް މުއިއްޒު ހިމެނިވަޑައިގަންނަވަ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް ވަނީ ދެގައުމުގެ ހަމަޖެހުމާއި ތަރައްގީއާއި ހަމަޖެހުމަށް އެކުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ.

ބޮޑުވަޒީރުކަމުގެ ހުވާ ފުރަތަމަ ދައުރުގައި މޯދީ ކުރެއްވިއިރު އެ ރަސްމިއްޔާތުގައި އޭރުގެ ރައީސް އަބްދުالله ޔާމީން ބައިވެރިވެވަޑައިގެންނެވި އެވެ. ނިމިދިޔަ ދައުރުގައި ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް 2018 ގައި މޯދީ ރާއްޖެ ވަޑައިގެންނެވި އެވެ.