Advertisement

ކުރީގެ ފިރިމީހާއަށް ހިބައިން ދިން ގޯތި އަތުނުލެވޭނެ ކަމަށް ހުކުމްކޮށްފި

8 ޖޫން 2024 - 11:07 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން: ކުރީގެ ފިރިމީހާއަށް ހިބައިން ދިން ގޯއްޗެއް އަތުލަން ކޯޓަށް ގޮސްފި - ފޮޓޯ: އަދަދު ފައިލް


ކުރީގެ ފިރިމީހާއަށް ހިބައިން ދިން ގޯތި އަތުނުލެވޭނެ ކަމަށް ހުކުމްކޮށްފި

8 ޖޫން 2024 - 11:07 0

ކުރީގެ ފިރިމީހާއަށް ހިބައިން ދިން ގޯތި އަތު ލަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި ހިބައިން ދިނުމަށް ފަހު އަތު ނުލެވޭނެ ކަމަށް ކޯޓުން މިދިޔަ ބުދަ ދުވަހު ހުކުމްކޮށްފި އެވެ.

ކައިވެނިކޮށްގެން އުޅުނު އިރު ހިބައިން ދިން ގޯތީގައި ދެމަފިރިންގެ މަސައްކަތުން ހަތަރު ބުރީގެ އިމާރާތެއް އަޅާފައިވެ އެވެ. އަދި ދެމަފިރިންގެ ނަމުގައި އެއިރު ލޯނެއް ވެސް ނަގާފައިވެ އެވެ. އެ ލޯނަށް ފިރިހެން މީހާ ވެސް ޒިންމާ ވާން ޖެހޭ ކަން ކަނޑައަޅައި ދިނުމަށް އެދި ވަކި މައްސަލައެއް ވެސް ހުށަހަޅާފައިވެ އެވެ.

ފިރިހެން މީހާއަށް ހިބައިން އެ ތަން ލިބިފައިވާ ކަމަށް، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ހުކުމެއް ވެސް އޮތެވެ. އެ ހުކުމުގައި ކަނޑައަޅާފައި ވަނީ އަންހެން މީހާގެ މިލްކުވެރިކަމުން އެ ތަން ވަކިކޮށް، ފިރިހެން މީހާގެ މިލްކަކަށް އެ ތަން ބަދަލު ކޮށްފައިވާ ކަމެވެ.

ހިބަ އަތުލަން ހުށަހަޅާފައިވާ މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ހިބައިން ތަނެއް އަތުލުމުގެ އުސޫލެއް ބިމާ ބެހޭ ގާނޫނުގައި ވެސް، ހިބައިން އަދި ވަސިއްޔަތުން ދިނުމާ ބެހޭ ގަވާއިދުގައި ވެސް ބަޔާންކޮށްފައި ނެތް ކަމަށެވެ.

ގާނޫނު އަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކުގައި ފަރުވާއެއް ފެންނަން ނެތް ކަންކަމުގައި އިސްލާމީ ޝަރީއަތުގެ ހަމަތަކަށް ރިއާޔަތް ކުރަން ޖެހޭ ކަމަށް ހުކުމުގައި ބުނެ އެވެ. އެހެންކަމުން ހުކުމް ކަނޑައެޅީ އިސްލާމީ ޝަރީއަތުގައި ހިބައިން ދެވޭ މުދަލުގެ ހަމަތަކަށް ބެލުމަށް ފަހު ކަމަށް ހުކުމުގައިވެ އެވެ.

އެ ގޮތުން އިސްލާމީ ފިގުހު އިލްމުވެރިންގެ ނަޒަރުގައި ގާތް ތިމާގެ މީހަކަށް ނުވަތަ ފަގީރަކަށް ހިބައިން ދެވޭ އެއްޗަކީ ސަދަގާތެއް ކަމަށެވެ. އަދި ކައިވެނީގެ ގުޅުމަކުން ހިބައިން ދެވޭ މުދަލެއް ވެސް އަތުނުލެވޭނެ ކަމަށް ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.