5 ޖޫން 2024 - 10:40 2
މުހައްމަދު ޝަހްޒާން
އއ. ތޮއްޑޫ ގައި މުޒާހަރާ ކުރަމުންދަނީ ދަނޑުބިންތައް އަތުލަން އުޅޭކަމަށް ބުނެ -- ފޮޓޯ: އަދަދު
5 ޖޫން 2024 - 10:40 2
ތޮއްޑޫގެ ދަނޑުބިންތައް ދަނޑުވެރިން އަތުން އަތުލަން ނިންމާފައިވާ ކަމަށް ބުނެ އެ ރަށު ކައުންސިލު ކުރިމައްޗަށް އާންމުން އެއްވެ މުޒާހަރާކޮށް ހަމަނުޖެހުން ހިންގައި ފުލުހަކު ޒަހަމުވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު މެންދުރުފަހު 1:00 ހާއިރުން ފެށިގެން ކައުންސިލު ކުރިމަތީގައި މުޒާހަރާކޮށް މަސްލަހަތު ނަގައިލަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ހަމަނުޖެހުމުގެ ތެރެއިން ފުލުހަކަށް އަނިޔާވީ މުޒާހަރާގެ ބައިވެރިން ތޮއްޑޫ ކައުންސިލުގެ ފުރާޅަށް ގައު އުކަން ފެށުމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނޫންކަމެއް އަދި ނޭނގެ އެވެ.
މުޒާހަރާއާ ގުޅޭ މައުލޫމާތު ހޯދުމަށް ތޮއްޑޫ ކައުންސިލުގެ ރައީސް، އަހުމަދު ކަރަމްއަށް ގުޅިއިރު، އެ ތަނުގެ ހާލަތު ހުރިގޮތުން ވާހަކަދެއްކޭ ގޮތެއް ނުވި އެވެ.
ފުލުހުން އަންނަނީ އަދިވެސް އެރަށުގައި ހަރަކާތްތެރިވަމުންނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ހަސަންދީ (ލ)
10 months ago
ދެން ވަންނި އަރުވާނެކަމެއްނެތް މާވަރުގަދަ ސަރުކާރެއް ހޮވާފަ، ދިމްޔާތުދޮށައް އެއްވިއްޔާ މާ ރަނގަޅުވާނެ!
ޢަހުމަދުކަލޯ
10 months ago
ތޮއްޑޫ އަކީ ކިޔަމަންތެރި ރައްޔިތުން އުޅޭ ރަށެއް. އެހެންނަމަވެސް ދަނޑުބިން ދޫކުރުމުގަ އިންސާފުން ބޭރުން ކަންކަން ކުރާތީ ރައްޔަތުން އެކަން ހުއްޓުވަން ދިޔައިމަ، ކައުންސިލަރުންނާއި ކައުންސިލްގެ ރައީސްގެ އަމިއްލަ (ފޮރުވިފައިވާ) ކަމެއްއުޅޭކަން ފަޅާއެރީމަ ރައްޔިތުން ހޫނުވާނެ. މި ޚަބަރު ނޫސްތަކުގަ ޖެހިއިރު، ރައްޔިތުން އެއްވާންޖެހުނީ ކޮން ސަބަބަކާހުރެގެންކަން ބުނެދީފަ ނުވާތީ ނޫސްވެރިން ޒިންމާދާރު ނޫންކަން އެނގޭ.
Comment