Advertisement

ދެކުނު އެފްރިކާގެ ވެރިކަން ކުރާ ޕާޓީ 30 އަހަރަށް ފަހު އިންތިހާބުން ބަލިވެއްޖެ

2 ޖޫން 2024 - 08:28 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ދެކުނު އެފްރިކާގެ މަޖިލިސް އިންތިހާބުގެ ވޯޓު ގުނުން: ސަރުކާރު ހިންގާ ޕާޓީއަށް 30 އަހަރު ފަހުން މަޖިލިސް ވަނީ ގެއްލިފައި -- ފޮޓޯ: އޭއެފްޕީ


ދެކުނު އެފްރިކާގެ ވެރިކަން ކުރާ ޕާޓީ 30 އަހަރަށް ފަހު އިންތިހާބުން ބަލިވެއްޖެ

2 ޖޫން 2024 - 08:28 0

ދެކުނު އެފްރިކާގެ ދަ އެފްރިކަން ނެޝަނަލް ކޮންގްރެސް (އޭއެންސީ) އަށް 30 އަހަރު ފަހުން ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ގެއްލިއްޖެ އެވެ.

އޭއެންސީއަކީ އެ ގައުމުގެ ކަޅު ނަސްލުގެ ފުރަތަމަ ރައީސް ނެލްސަން މަންޑޭލާ ވެސް ނިސްބަތްވި ޕާޓީ އެވެ. ނަސްލީ ތަފާތުކުރުން ގެންގުޅުނު ދޮން ނަސްލުގެ ވެރިކަން ނިމުމަކަށް ގެނެސް، ގައުމުގައި ހަމަހަމަކަން ގާއިމުކުރީ އެ ޕަޓީންނެވެ.

ނަމަވެސް، ބުދަ ދުވަހު ބޭއްވި އިންތިހާބުގައި އޭއެންސީއަށް 40 ޕަސަންޓާ ގާތްކުރާ އަދަދަށް ވޯޓު ލިބިފައި ވާއިރު، އިދިކޮޅު ޑިމޮކްރަޓިކް އެލަޔަންސް (ޑީއޭ) އަށް ލިބިފައިވަނީ 21.63 ޕަސަންޓެވެ. އަދި އަލަށް އުފެއްދި އެމްކޭ ޕާޓީއަށް ލިބިފައި ވަނީ 14.71 ޕަސަންޓެވެ.

ޑީއޭގެ ލީޑަރު ޖޯން ސްޓީން ހުސެން ވިދާޅުވީ ދެކުނު އެފްރިކާ ސަލާމަތް ކުރެވެން އޮތީ އޭއެންސީގެ މެޖޯރިޓީ ގެއްލުވާލައިގެން ކަމަށާއި، އެކަން ކާމިޔާބު ކުރެވިއްޖެ ކަމަށެވެ.

އިންތިހާބުގެ ނަތީޖާއާއެކު އޭއެންސީއިން އިދިކޮޅު ޕާޓީއަކާ ކޯލިޝަން ހެދުމަށް މަސައްކަތް ކުރާނެ ކަމަށް ބެލެވެ އެވެ. އެއީ މަޖިލީހުގެ މެޖޯރިޓީއާ ނުލައި ސަރުކާރު ހިންގަން އެ ޕާޓީއަށް އުނދަގޫވާނެތީ އެވެ.

އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ.