Advertisement

އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހެޅި މައްސަލާގައި ރާއްޖޭން ބައިވެރިވަނީ

28 ޖަނަވަރީ 2024 - 17:39 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ގާޒާއަށް އިޒްރޭލުން ބޮން އަޅަނީ. އިޒްރޭލުން ހިންގާ ގަތުލުއާއްމުގެ މައްސަަލަ ދެކުނުއެފްރިކާއިން ވަނީ އައިސީޖޭއަށް ހުށަހަަޅާފައި. ފައިލް ފޮޓޯ


އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހެޅި މައްސަލާގައި ރާއްޖޭން ބައިވެރިވަނީ

28 ޖަނަވަރީ 2024 - 17:39 0

އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގާ ގަތުލުއާންމު ކުށްވެރިކޮށް، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅާފައިވާ މައްސަލާގައި ރާއްޖޭން ބައިވެރިވާން ނިންމާފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ނިންމި ނިންމުންތަކުގެ މައުލޫމާތު ދޭން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހެޅި މައްސަލާގައި ރާއްޖެ ތަމްސީލުކުރައްވާނީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ކަމަށެވެ.

އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހެޅި 84 ސަފުހާގެ އެ މައްސަލައިގައި ބުނެފައި ވަނީ ގަތުލުއާންމުތައް ހުއްޓުވުމުގެ ބައިނަލްއަގުވާމީ މުއާހަދާއާ ވެސް އިޒްރޭލުން ހިލާފުވެފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން އައިސީޖޭން ނިންމި ނިންމުމުގައި ވަނީ ގާޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ވަގުތުން ހަމަޖައްސައިދިނުމަށް އަމުރުކޮށްފަ އެވެ. އޭގެ އިތުރުން ނަސްލު ނައްތާލުމާ ގުޅޭ އެންމެހާ އަމަލެއް ހުއްޓާލައި އެ ކަމުގެ ހެކިތައް ފޮހެލުން ހުއްޓާލުމަށް ވެސް އަމުރުކޮށްފައިވެ އެވެ. އޭގެ އިތުރުން, އައިސީޖޭގެ އަމުރާ ގުޅޭގޮތުން އިޒްރޭލުން އަމަލުކުރާ ގޮތާ ގުޅޭ ރިޕޯޓެއް އެއް މަސް ދުވަހުގެ ތެރޭގައި އެ ކޯޓަށް ހުށަހެޅުމަށް ވެސް އަމުރުކޮށްފައިވެ އެވެ.

އައިސީޖޭގެ އެ ނިންމުމަށް ރާއްޖޭން ތާއީދުކުރާ ކަން ސަރުކާރުން ކުރިން ވަނީ ހާމަކޮށްފަ އެވެ.