Advertisement

ބަޔަކު ހައްޔަރު ކުރުމުގައި ފުލުހުން އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް އެންއައިސީން ނުބަލާ!

30 މޭ 2024 - 11:51 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ބަޔަކު ހައްޔަރު ކުރުމުގައި ފުލުހުން އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް އެންއައިސީން ނުބަލާ!

30 މޭ 2024 - 11:51 0

މި މަހުގެ 18 ވަނަ ދުވަހުގެ ރޭ، ފުލުހުންނަށް ބިރު ދެއްކި ބަޔަކު ހައްޔަރުކުރަން ފުލުހުން ހަރަކާތްތެރިވި ގޮތާއި އެ މީހުންނަށް ފުލުހުން އަނިޔާ ކުރި ކަމަށް ކުރާ ތުހުމަތު ބަލަމުން ނުދާ ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން މިއަދު ބުނެފި އެވެ.

ކުލަހެދުމުގައި ތިބި ދެ ފުލުހަކަށް ވަޅިން ބިރުދައްކައި މާރާމާރީ ހިންގި މައްސަލައެއްގައި ރޭ ތިން ދިވެހިން ހައްޔަރު ކުރި އިރު އެއިން އެކަކު ހައްޔަރުކުރަން ވަރަށް ބޮޑަށް ބާރުގެ ބޭނުން ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވި އެވެ.

ފުލުހުން ހިމެނޭ ގޮތަށް ގައުމީ ސަލާމަތުގެ ހިދުމަތްތަކުގެ މައްސަލަ ބެލުމަށް އުފައްދާފައިވާ މިނިވަން މުއައްސަސާ، އެންއައިސީން މި މައްސަލަ ބަލަމުންދޭތޯ ސުވާލު ކުރުމުން، އެންއައިސީން ބުނީ މެއިލް މެދުވެރިކޮށް "ރަސްމީކޮށް" ސުވާލު ފޮނުވުމަށެވެ.

އެންއައިސީއަށް "އަދަދު" ނޫހުން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ފޮނުވި މެއިލަށް ހަފުތާއެއް ފަހުން ފޮނުވި ޖަވާބުގައި ވަނީ "2024 މޭ 23 ވަނަ ދުވަހު ފޮނުވާފައިވާ އީމެއިލްގައި ބަޔާންކޮފައިވާ ހާދިސާއާ ގުޅޭ މައްސަލައެއް މިވަގުތު ކޮމިޝަނުން ބަލަމުން ނުދާ ކަމުގައި ދެންނެވީން،" ކަމަށެވެ.

އެ ހާދިސާގައި ފުލުހުން ހަރަކާތްތެރިވި ގޮތް، ފުލުހުންގެ ޕްރޮފެޝަނަލް ސެޓެންޑާޑުން އަންނަނީ ބަލަމުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ވީޑިއޯއިން އެ މީހަކު ހައްޔަރު ކުރަން ދިޔަ ފުލުހުން ވީޑިއޯ ނުކުރަން އަންގާ އަޑު ވެސް އިވެ އެވެ. ވަރަށް ބޮޑަށް ބާރު ބޭނުންކޮށްގެން އެ މީހަކު ހައްޔަރު ކުރާ މަންޒަރު ފެންނަ އިރު، ހައްޔަރު ކުރުމުގެ މަސައްކަތުގައި ކުލަ ހެދުމުގައި ތިބި ދެ މީހަކު އުޅޭ މަންޒަރު ވެސް ފެނެ އެވެ.