30 މޭ 2024 - 11:05 0
ލީވާން އަލީ ނާސިރު
މީ ކޯއްޗެއްގެ ނަސީބުވެރިންނާ އިނާމު ހަވާލުކުރުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
30 މޭ 2024 - 11:05 0
ރޯދަ މަހު "އަދަދު" ނޫހުން ހަސަން މެރިންއާ ގުޅިގެން ކުރިއަށް ގެންދިޔަ "މީ ކޯޗެއް" ސިލްސިލާގައި ނަސީބުވެރިންނަށް ހޮވުނު ފަރާތްތަކަށް މިއަދު އިނާމު ހަވާލުކޮށްފި އެވެ.
ރޯދަ މަހު ކޮންމެ ތިން ދުވަހަކު އެއް ދުވަހު، އަދަދު ނޫހުގެ ފޭސްބުކް ޕޭޖުގައި ތަނަކަށް އެއްޗަކަށް ކިޔާ ދިވެހި ނަމަކީ ކޮބައިތޯ ސުވާލުކޮށް، ޕޯސްޓުކުރި އެވެ.
މިގޮތުން ޕޯސްޓު ޝެއާކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވުނު ނަސީބުވެރިންނަށް ވަނީ ހަސަން މެރިންގެ ފަރާތުން 1،000ރ. ވައުޗަރެއް ދީފަ އެވެ. އަދި ސިލްސިލާގެ ދަށުން 10 ޕޯސްޓަށް ރަނގަޅު ޖަވާބު ދޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ތިން ފަރާތާ ވެސް ވަނީ ހަސަން މެރިންގެ ފަރާތުން އިނާމު ހަވާލުކޮށްފަ އެވެ.
މީ ކޯއްޗެއްގެ ނަސީބުވެރިންނާ އިނާމު ހަވާލުކުރުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
މީ ކޯޗެއްގެ 1،000ރ. ގެ ގިފްޓް ވައުޗާ ލިބިފައިވާ ފޭސްބުކް އެކައުންޓުތަކަކީ އަބޫ ޔޫނުސް، އާޒިމާ އާޒީ، ފަހުދު ޑީ ފަހުދު، ޕޯތޭސް ޕޯތޭސް، ފާތިމާ ފާތޫ، ޒުލޭހާ ޔޫސުފް، ބަދު ބާޑް، މައުޝާ އަދި ހައްޖަ އަލީ އެވެ.
މީގެ އިތުރުން ރަނގަޅު ޖަވާބު ދިމާކޮށްގެން ގުރުއަތުން ހޮވުނު އެއްވަނަ ފަރާތް ކަމަށްވާ ޝަފާއަށް ސްޓީމް ކަޔަކެއް ދީފައިވާއިރު، ދެވަނައަށް ދިޔަ ޝަހުނާޒް ޝެހޭއަށް ވަނީ އަކުއާމެރީނާގެ ޑަފަލް ބޭގެއް ދީފަ އެވެ. އަދި ތިންވަނައަށް ހޮވުނު ލުތުފާ އާމިނަތުއަށް ވަނީ އަކުއާ މެރިންގެ ވޯޓާ ޕްރޫފް ބޭގެއް ދީފަ އެވެ.
ދިވެހި ބަހަށް ހިދުމަތެއް ކޮށްދިނުމުގެ ބޭނުމުގައި "މީ ކޯއްޗެއް؟" ސިލްސިލާ އަދަދު ނޫހުގެ ފޭސްބުކް ޕޭޖުގައި ފެށީ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަކެތީގެ ދިވެހި ނަމަށް އަހުލުވެރި ކުރުވުމަށެވެ.
Comment