Advertisement

އިންޑިއާ-ރާއްޖެ ފަތުރުވެރިކަން ވަރުގަދަކުރަން މަޓާޓޯ އާއި އަޔާޓޯ އެއްބަސްވުމަކަށް

27 މޭ 2024 - 15:00 1

Advertisement

މަޓާޓޯއިން އިންޑިއާގެ އަޔާޓޯއާއެކު ގުޅިގެން މަސައްކަތް ކުރަނީ


އިންޑިއާ-ރާއްޖެ ފަތުރުވެރިކަން ވަރުގަދަކުރަން މަޓާޓޯ އާއި އަޔާޓޯ އެއްބަސްވުމަކަށް

27 މޭ 2024 - 15:00 1

Advertisement

Advertisement

ރާއްޖެ އާއި އިންޑިއާއާ ދެމެދު ފަތުރުވެރިކަން ވަރުގަދަ ކުރުމަށް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އިންޑިއަން އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް (އަޔާޓޯ) އާ އެކު އެއްބަސްވުމެއް ގާއިމުކޮށްފި އެވެ.

އެ އެއްބަސްވުމަކީ ދެ އެސޯސިއޭޝަންގެ ނެޓްވޯކްތަކާއި ވަސީލަތްތައް ބޭނުންކޮށްގެން ދެ ގައުމުގެ ދެމެދު ދަތުރުފަތުރާއި ސަގާފީ ހަރަކާތްތަކުގެ ފުރުސަތުތައް މަގުފަހި ކުރުމަށް ވެވުނު އެއްބަސްވުމެއް ކަމަށް، މަޓާޓޯއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

Advertisement

މަޓާޓޯއިން ބުނީ ޖޮއިންޓް މާކެޓިން އިނިޝިއޭޓިވްސް މެދުވެރިކޮށް ބައިލޭޓަރަލް (ދެ ގައުމުގެ ދެމެދު) ޓުއަރިޒަމް ކުރިއެރުވުމަށް ގުޅިގެން ދެ ގައުމުގައި ރޯޑް ޝޯތަކާއި އިވެންޓްތަކާއި ފެއާތައް އިންތިޒާމުކޮށް ބޭއްވުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

އެ ގޮތުން އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް މަޓާޓޯއާއި އަޔާޓޯ ގުޅިގެން އިންޑިއާގެ އެކި ސަރަހައްދުތަކުގައި ބޮޑެތި އިވެންޓްތަކެއް ބާއްވަން ނިންމާފައިވާ ކަން މަޓާޓޯއިން ބުންޏެވެ. އޭގެ ތެރޭގައި މުމްބާއީ، ވެރިރަށް ނިއުދިއްލީ، އަދި ބެންގަލޫރު ހިމެނެ އެވެ.

އަޔާޓޯއަކީ އިންޑިއާގެ 1،800 އަށް ވުރެ ގިނަ ޓުއާ އޮޕަރޭޓަރުން ތަމްސީލްކުރާ އެސޯސިއޭޝަނެކެވެ. އަދި އިންޑިއާއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރަނގަޅު ދަތުރުފަތުރުގެ ތަޖުރިބާއެއް ދިނުމަށް ބައިނަލް އަގުމާވީ ގިނަ ޕާޓްނާޝިޕްތަކެއް މިހާރު ވެސް ގާއިމުކޮށްފައިވާ ޓްރެވެލް ޓުއާ އޮޕަރޭޓަރުންގެ ޖަމިއްޔާއެކެވެ.

Advertisement

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

އާދަނު

10 months ago

ސުރުހީ ކިޔާފަ ބޮލަށް އެނބުރުން އަރައިފި!