Advertisement

ޔުނައިޓެޑަށް ބަދަލުވާން ނިންމިން: ލެވަންޑޯސްކީ

24 މޭ 2024 - 11:41 0


ޔުނައިޓެޑަށް ބަދަލުވާން ނިންމިން: ލެވަންޑޯސްކީ

24 މޭ 2024 - 11:41 0

ބާސެލޯނާ (މެއި 24) - މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު، އަލެކްސް ފާގަަސަންގެ އެދުމުގެ މަތިން އެ ޓީމަށް ބަދަލުވާން ނިންމި ކަމަށް ބާސެލޯނާގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ބުނެފި އެވެ.

ލެވަންޑޯސްކީ، 35، ދާދި ފަހުން، ގޭމިން ކޮމްޕެނީ ޖީ2އޭގެ އިވެންޓެއްގައި ވާހަކަ ދައްކަމުން ބުނީ، ޔުނައިޓެޑަށް ކުޅެން އެއް ފަހަރު އޭނާ ނިންމި ކަމަށެވެ. އެކަމަކު، އެ ނިންމުމާ އެއްގޮތަށް ކުރިއަށް ނުދެވުނީ، ބޮރޫޝިއާ ޑޯޓްމަންޑުން އެ ގޮތަށް ހުއްދަ ނުދިނުމުން ކަމަށް ލެވަންޑޯސްކީ ވަނީ ބުނެފަ އެވެ.

"އަހަރެން އަމިއްލަ އަށް ނިންމިން މެންޗެސްޓާ ޔުނައިޓެޑަށް ދާން. އަހަރެން ވަރަށް ރަނގަޅަށް ހަނދާނުގައި އެބަހުރި، އަލެކްސް ފާގަސަންއާ ފޯނުން ވާހަކަ ދައްކާފައި އަހަރެން އެ ގޮތަށް ނިންމިން،" ލެވަންޑޯސްކީ ބުންޏެވެ.

"އޭރު އަހަރެންގެ އުމުރުން ވާނީ 22، 23 އަހަރު، އެއީ އަަހަރެން ޑޯޓްމަންޑާ ގުޅުނުތާ ދޭއް ނޫނީ ތިން ވަނަ އަހަރު،"

ލެވަންޑޯސްކީ ބުނީ، އަލެކްސް ފާގަސަންގެ ހުށަހެޅުމަކަށް ނޫނެކޭ ނުބުނެވޭނެ ކަމަށާއި އެހެން ނަމަވެސް، ޑޯޓްމަންޑުން އެ ވަގުތު އޭނާގެ ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށްދާން ނިންމުމުން، އެ ކަމަށް އިހުތިރާމްކުރަން ނިންމީ ކަމަށެވެ.

އަމިއްލަ ގައުމުގެ ލެޗް ޕޮޒްނަން ދޫކޮށް، 2010 ވަނަ އަހަރު ލެވަންޑޯސްކީ، ޑޯޓްމަންޑަށް ބަދަލުވިއިރު، އެ ޓީމަށް 2014 ވަނަ އަހަރާ ހަމައަށް ކުޅުނެވެ. އެ އަށް ފަހު، ބަޔާން މިއުނިކަށް ބަދަލުވި ލެވަންޑޯސްކީ، މިހާރު ކުޅެމުން އަންނަ ބާސެލޯނާއާ ގުޅުނީ، މީގެ ދެ އަހަރު ކުރިންނެވެ.