Advertisement

އިނގިރޭސިވިލާތުގެ އާންމު އިންތިހާބު ޖުލައި މަހު ބާއްވަނީ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނާކް: އިނގިރޭސިވިލާތުގެ އާންމު އިންތިހާބު ޖުލައި، 4 ގައި ބާއްވާނެކަން ވަނީ އިއުލާން ކުރައްވާފައި -- ފޮޓޯ: ރޮއިޓާސް


އިނގިރޭސިވިލާތުގެ އާންމު އިންތިހާބު ޖުލައި މަހު ބާއްވަނީ

އިނގިރޭސިވިލާތުގެ އާންމު އިންތިހާބު ޖުލައި 4، ގައި ބާއްވަން ނިންމާފައިވާކަން އެ ގައުމުގެ ބޮޑުވަޒީރު ރިޝީ ސުނާކް އިއްޔެ އިއުލާން ކުރައްވައިފި އެވެ.

އިންތިހާބު އޮންނަ ދުވަސް އިއުލާންކުރައްވާ ސުނާކް ވިދާޅުވީ މިއީ އިނގިރޭސިވިލާތުގެ ރައްޔިތުންނަށް އެ ގައުމުގެ މުސްތަގުބަލު ބައްޓަންކުރަން އެންމެ ރަނގަޅު ދަނޑިވަޅު ކަމަށެވެ.

އިނގިރޭސިވިލާތުގައި ކޮންސަވޭޓިވް ޕާޓީން ވެރިކަން ކުރަމުން އަންނަތާ 14 އަހަރު ވެއްޖެ އެވެ. ނަމަވެސް މިފަހަރުގެ އިންތިހާބުގައި އެ ޕާޓީގެ މައްޗަށް ލޭބާ ޕާޓީ ކުރިހޯދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

"ފާއިތުވެދިޔަ ފަސް އަހަރު އިނގިރޭސިވިލާތް ވަނީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެންމެ އުނދަގޫ ހާލަތްތަކާ ކުރިމަތިލާފައި. ނަމަވެސް ދިމާވި ހާލަތްތަކުން ވަނީ އަރައިގަނެވިފައި،" ސުނާކް ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ އާންމު އިންތިހާބު ޖެނުއަރީ، 2025 ގެ ކުރިން އިންތިހާބު ބާއްވަން ޖެހޭއިރު، ޖުލައި މަހު އިންތިހާބު ބާއްވަން ނިންމުމަކީ ގިނަ ބަޔަކު ހީކުރި ގޮތެއް ނޫނެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމާ މީގެ ދެ އަހަރު ކުރިން ހަވާލުވެވަޑައިގެންނެވި ސުނާކްއަށް ފާއިތުވެދިޔަ ދުވަސްތަކުގައި ގައުމު ހިންގަން ބޮޑެތި ދަތިތަކާ ކުރިމަތިވި އެވެ. އޭގެ ތެރޭގައި އެ ގައުމު އިންލޭޝަނަކަށް ދިޔުން ހިމެނެ އެވެ.

ނަމަވެސް ޔޫކޭގެ އިންފްލޭޝަންގެ ހާލަތު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. އަދި އިންފްލޭޝަންގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ވަނީ ގިނަ ފިޔަފަޅުތަކެއް އަޅާފަ އެވެ.