Advertisement

ރާއްޖޭން ދައުވާ ކުރަމުން ދަނިކޮށް ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދީގެން ނުވާނެ: ނަޝީދު

3 އޮކްޓޯބަރު 2024 - 20:35 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ުކުރީގެ ރައީސް ނަޝީދު: މި ސަރުކާރުން ވެރިކަމަށް އައީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރާނެ ކަމުގެ ވައުދާއެކު -- ފޮޓޯ؛ އަދަދު ފައިލް


ރާއްޖޭން ދައުވާ ކުރަމުން ދަނިކޮށް ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދީގެން ނުވާނެ: ނަޝީދު

3 އޮކްޓޯބަރު 2024 - 20:35 0

ފޯޅަވަހީގެ މިލްކުވެރިކަން ހޯދުމަށް ދިވެހީން ދައުވާ ކޮށްކޮށް ތިއްބައި އެ ތަނުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދީގެން ނުވާނެ ކަމަށް ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިނގިރޭސިންގެ ބާރުގެ ދަށުގައި އޮތް ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލަން އިނގިރޭސިވިލާތުން އެއްބަސްވީ މިއަދު އެވެ. އެކްސްގައި ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޮރިޝަސްއަށް ފޯޅަވަހީގެ ސިޔާދަތީ ބާރު ދިނުމަށް އިނގިރޭސިވިލާތުން ނިންމީ ކަސިޔާރު ސިޔާސަތެއްގެ ތެރެއިން ކަމަށެވެ.

"ރާއްޖޭން ދައުވާ ކޮށްކޮށް އޮއްވައި ޕެރޮސް ބެންހޮސް އެޓޯލް (ދިވެހި ބަހުން ފޯޅަވަހި) އިނގިރޭސިވިލާތުން މޮރިޝަސްއަށް ދިގެން ނުވާނެ، މިއީ ވަރަށް ކަސިޔާރު ސިޔާސަތެއް،" ނަޝީދު ވިދާޅުވި އެވެ.

ބީބީސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދު މިކަން އިއުލާނުކޮށްފައިވަނީ މޮރިޝަސް އަދި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުން އެކުގައި ނެރުނު ނޫސްބަޔާނެއްގަ އެވެ. މިއީ އެތައް އަހަރެއް ވަންދެން އެ ދެ ގައުމުގެ އިސްވެރިން ކުރި މަޝްވަރާތަކުގެ ނަތީޖާ އެވެ. މި އެއްބަސްވުން ފައިނަލައިޒްކޮށް ދެ ގައުމުން އެކުގައި މުއާހަދާއެއްގައި ސޮއިކުރާނެ އެވެ.

"މި މުއާހަދާގައި ސޮއިކުރުމާއެކު އިނގިރޭސިވިލާތުން ޑިއެގޯ ގާސިއާ ހިމެނޭހެން ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރުވެރިކަން މޮރިޝަސްއާ ހަވާލުކުރެވޭނެ،" މިއަދު ނެރުނު ބަޔާނުގައިވެ އެވެ.

ޑިއެގޯ ގާސިއާއަކީ އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމުކޮށްފައިވާ ރަށެކެވެ. 2036 ގެ ނިޔަލަށް މިހާރު ކުއްޔަށް ދީފައި އޮތް ޑިއެގޯ ގާސީއާގައި ހުރި އަސްކަރީ މަރުކަޒާ ގުޅޭ ގޮތުން އެމެރިކާ އާއެކު މޮރިޝަސް އިން އެއްބަސްވުމަކަށް އަންނާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތަކުން ދަނީ ބުނަމުންނެވެ.