Advertisement

މާބަނޑު މީހަކަށް ގެވެށި އަނިޔާކުރި ކަމަށް ބުނާ މައްސަލަ: މީހަކު އަދި ހައްޔަރެއް ނުކުރޭ

18 މޭ 2024 - 10:23 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޕޮލިސް ހެޑްކުއާޓަރު، ޝަހީދު ހުސައިން އާދަމް ބިލްޑިން: މާބަނޑު މީހަކަށް ގެވެށި އަނިޔާކުރި މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރޭ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


މާބަނޑު މީހަކަށް ގެވެށި އަނިޔާކުރި ކަމަށް ބުނާ މައްސަލަ: މީހަކު އަދި ހައްޔަރެއް ނުކުރޭ

18 މޭ 2024 - 10:23 0

އާއިލާ ބަޔަކު، މާބަނޑު އަންހެނަކަށް އަނިޔާ ކުރާ ކަމަށް ބުނާ މައްސަލާގައި މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެ އަންހެން މީހާ ވަނީ އޭނާގެ ބައްޕަ އާއި ކޮއްކޮއަކަށް ބޮޑެތި ތުހުމަތުތަކެއްކޮށް، އަނިޔާ ލިބިފައިވާ ފޮޓޯތަކާއެކު ފޭސްބުކްގައި ޕޯސްޓެއްކޮށްފަ އެވެ. އެ މައްސަލަ ބަލަމުން އަންނަ ކަމަށް، މީގެ ހަތަރު ދުވަސް ކުރިން ފުލުހުން ކުރިން ބުންޏެވެ.

ގެވެށި އަނިޔާގެ މައްސަލަތަކުގައި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އަމުރު ކޯޓުން ހޯދުމަކީ ވެސް އަމަލު ކުރާ ގޮތެކެވެ. އެއިން ކަމެއްގެ ތަފުސީލެއް ވެސް އަދި ނުލިބެ އެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާންގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ އެ ހާދިސާ ތަހުގީގު ކުރަމުން ދަނީ ގުޅުން ހުރި އެހެން މުއައްސަސާތަކާ ވެސް ގުޅިގެން ކަމަށެވެ.