އެމްއައިޓީޑީީސީއަށް ނުދީ، އެޗްޑީސީ ދަށުގައި ކުޑަގިރި ބާއްވަން ނިންމައިފި

ކުޑަގިރިއަށް ބަޔަކު ދަތުރު ގޮސް އުޅެނިކޮށް: އެޗްޑީސީގެ ދަށުގައި އެ ރަށް ބޭއްވުމަށް ސަރުކާރުން ނިންމައިފި - ފޮޓޯ: މިރާން ނާޝިމް / އަދަދު


އެމްއައިޓީޑީީސީއަށް ނުދީ، އެޗްޑީސީ ދަށުގައި ކުޑަގިރި ބާއްވަން ނިންމައިފި

ތޮއްޖެހިފައިވާ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ގޮސް ހިތްހަމަޖައްސާލަން ދާ ރަށެއް ގޮތަށް މިދިޔަ ސަރުކާރުން ތަރައްގީކުރި ކުޑަގިރި ކުރިއެކޭ އެއް ގޮތަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ދަށުގައި ބާއްވަން ނިންމައިފި އެވެ.

އެ ރަށުގެ ވަސީލަތްތައް މަދު ކަމަށް ބުނެ، އެ މަސައްކަތަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑެވޮލޮޕްމަންޓު ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާ ހަވާލުކުރި އެވެ. މި ސަރުކާރުގެ އެ ނިންމުން ބަދަލުކޮށް، އެޗްޑީސީގެ ދަށުގައި އެ ތަން އޮންނާނެ ކަން ހާމަކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ.

"އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ކުޑަގިރި، އިތުރު ވަސީލަތްތަކާ އެކު ތަރައްގީކުރަން [އެމްއައިޓީޑީސީގެ ބަދަލުގައި] އެޗްޑީސީން މަސައްކަތް ކުރަމުންދާ ވާހަކަ ދެންނެވިން، ރައްޔިތުންނަށް ފުރިހަމަ ހިދުމަތްތަކެއް ކުރި މަގުގައި ކުޑަގިރިން ލިބިގެން ދާނެ،" ފަޒުލް ލިޔުއްވާފައިވެ އެވެ.

އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ޝިއުނާ ހާލިދު، ސަން މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އެ ކުންފުނީގެ ދަށުން އިންޓަގްރޭޓެޑް ޕްރޮޖެކްޓެއް ގޮތަށް ކުޑަގިރި ތަރައްގީ ކުރާނެ ކަމަށް ވިދާޅުވުމުން ވަރަށް ގިނަ އާންމުންގެ ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

ފާޑުކިޔުންތައް އަމާޒުވުމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ވިދާޅުވީ "ކުޑަގިރި އަބަދުވެސް އޮންނާނީ މާލޭގެ ރައްޔިތުންނަށް ހާއްސަ ތަނެއްގެ ގޮތުގައި،" ކަމަށެވެ. އެ ދުވަހު އެމްއައިޓީޑީސީއަށް ރަށް ހަވާލުނުކޮށް ރަށް އިތުރަށް ތަރައްގީ ކުރާނީ އެޗްޑީސީން ކަމަކަށް ވިދާޅެއް ނުވެ އެވެ.

ވެރިރަށް މާލެއާ 15 ވަރަކަށް މިނެޓު ރާސްތާއެއްގައި އޮތް ބަންގަލް ފަޅުގައި ހެދި 8.5 ހެކްޓަރުގެ ކުޑަގިރި ހުޅުވީ ފެބްރުއަރީ 11, 2023 ގަ އެވެ.

ކުޑަގިރީގެ ފާހާނާ ބަރިތަކާއި، ޗޭންޖިން ރޫމު އަދި މިސްކިތެއްގެ އިތުރުން ބާބަކިއު އޭރިއާއެއް އަދި ކުޑަކުދިން ކުޅިވަރު ކުޅުމަށް ހާއްސަ ސަރަހައްދެއް ގާއިމްކޮށްފައި ވެއެވެ. މި ތަންތަން ބޭނުންކުރުމަށް އެއްވެސް ފީއެއް ނުނަަގަ އެވެ.

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ޖަމީލު

10 months ago

އެމްއައިޓީޑީސީ އުވާލައްވާ. އެންމެ ފުރިހަމަ ގޮތަކީ އެއީ. އެހެންނޫނީ އެޗްޑީސީ ނުވަތަ އެމްޓީޑީސީ އާ އެއްކޮށްލާ، މި ކޮމެންޓު ސަރުކާރުގެ ޕޮލިސީ އޮފީހަށް ފޮނުވާލަދީބަލަ.