Advertisement

ޖޫން 10 ގެ ނިޔަލަށް ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތީ ގޮތުން ހުއްޓާލަން އީޕީއޭއިން އަންގައިފި

9 މޭ 2024 - 20:21 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އއ. ބޮޑުފޮޅުދޫގައި ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށްދަނީ. މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިން ހިއްކުމުގެ ބިޔަ މަޝްރޫއުތަކެއް އަންނަނީ ހިންގަމުން --- ފޮޓޯ: އަދަދު ފައިލް


ޖޫން 10 ގެ ނިޔަލަށް ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތީ ގޮތުން ހުއްޓާލަން އީޕީއޭއިން އަންގައިފި

9 މޭ 2024 - 20:21 1

މި ދުވަސްވަރު، ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވެ ފަރުތަކުން ގާ ހުދުވަމުން ދާތީ، ޖުލައި 10, ގެ ނިޔަލަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މަޝްރޫއުތަކަށް ދޫކުރާ ހުއްދައިގެ ދަށުން ބިން ހިއްކުމާއި އަދި ފަރުމަތީގައި މަސައްކަތް ކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް އެ އެޖެންސީން މިއަދު އަންގައިފި އެވެ.

މިއަދު އެ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ މިފަދަ ދުވަސްވަރެއްގައި ހިންގޭ ހަރަކާތްތަކުން ފަރުތަކަށް ކުރާ އަސަރުގެ ސަބަބުން ފަރުތައް އަލުން އިއާދަވާ މިންވަރު ލަސްވެ، އަދި އިއާދަވުމަށް ހުރަސް އެޅުމަކީ އެކަށީގެންވާ ކަމަށް ބުނެފައ އެވެ.

"ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރެވެމުންދާ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކާއި، ބީޗް ނަރިޝްމަންޓް މަސައްކަތްތަކަކީ، މި މަސައްކަތްތަކުގެ ސަބަބުން ފަރުތަކުގެ މާހައުލަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަންކަން," އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (އެންއޯއޭއޭ) އިން އެންމެ ފަހުން ނެރެފައިވާ ސެޓަލައިޓް މައުލޫމާތަށް ބަލާއިރު ރާއްޖެ މި ވަގުތު އޮތީ "އެލާޓް ލެވަލް 1" ގަ އެވެ. ރާއްޖޭގެ ގިނަ ސަރަހައްދުތަކަކުން ގާ ހުދުވާ ކަމުގެ ރިޕޯޓާއި އެކަމާއި ގުޅޭ މައުލޫމާތު ލިބެމުންދާ ކަމަށް އީޕީއޭއިން ބުނެ އެވެ.

ޖޫން 10 ގެ ނިޔަލަށް އަޅަން ނިންމި ފިޔަވަޅުތައް

  • ތަރައްޤީގެ މަޝްރޫއުތަކުގެ ތެރެއިން ސީދާ އަދި ނުސީދާ ގޮތުން އަސަރުކުރާ މަސައްކަތްތައް އީއައިއޭ އާއި ބިންހިއްކުމާއި ފަޅު ފުންކުރުމުގެ ހުއްދައިގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަގުތީ ގޮތުން ހުއްޓާލުން,
  • ބިން ހިއްކުން، ފަޅު ކޮނުން، ގޮނޑުދޮށަށް ވެލިއެޅުން، ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުން، ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުން، ބަންޑުވޯލް ޖެހުން އަދި މިނޫނަސް މެޝިނަރީ ބޭނުންކޮށްގެން ފަރުމަތީގައި މަސައްކަތް ކުރުން
  • މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި އީޕީއޭއަށް ހުށަހަޅާ އެޕްލިކޭޝަންތަކުގެ ތެރެއިން ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރުމުގެ ގޮތުން ޖޫން 10, 2024 ގެ ފަހަށް އެ މަސައްކަތްތަކުގެ މަސައްކަތުގެ ތާވަލް މުރާޖައާކުރުމެވެ.

ފަރުތަކުގެ މައްޗަށް ބަރޯސާވާ ރާއްޖޭގެ އިގުތިސޯދުގެ މައި ދެ ތަނބުކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ފިޔަވަޅު އެޅުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް އީޕީއޭއިން ބުނެ އެވެ.

ބިން ހިއްކުން ހިމެނޭހެން، ފަރުތަކަށް ސްޓްރެސް ބޮޑުވާފަދަ އެންމެހައި މަސައްކަތްތައް ވަގުތީ ގޮތުން މަޑުޖައްސާލުމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އިން ވެސް އިލްތިމާސްކޮށްފައިވެ އެވެ.