Advertisement

ރައީސްގެ ދެކަނބަލުން ސިންގަޕޫރުން މާލެ ވަޑައިގެންފި

6 މޭ 2024 - 06:23 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު. -- ފޮޓޯ: ރައީސް އޮފީސް


ރައީސްގެ ދެކަނބަލުން ސިންގަޕޫރުން މާލެ ވަޑައިގެންފި

6 މޭ 2024 - 06:23 0

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރަށް ފަހު ރޭ މާލެ ވަޑައިގެންފި އެވެ.

އެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގަތީ މެއި 1 ވަނަ ދުވަހު އެވެ. އެއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކުރެއްވި ނުރަސްމީ ދެ ވަނަ ދަތުރެވެ. ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ވެސް އެ މަނިކުފާނު ސިންގަޕޫރަށް ވަޑައިގަތެވެ.

ރައީސްގެ ދެކަނބަލުން މާޗު 22 ގައި ދެ ދުވަހަށް ސިންގަޕޫރަށް ވަޑައިގަތެވެ.

އެ ދަތުރުގެ އަދި މި ފަހަރުގެ ދަތުރުގެ ތަފުސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި އެމަނިކުފާނު ވަނީ ތުރުކީ، އެކުވެރި އަރަބި އިމާރާތް، އަދި ޗައިނާއަށް ރަސްމީ ދަތުރުތަކެއް ކުރައްވައިފަ އެވެ. އެކުވެރި އަރަބި އިމާރާތައް ރައީސް ދެ ފަހަރެއްގެ މަތިން ވަޑައިގަތެވެ. ތުރުކީ އަދި ޗައިނާ ދަތުރުގައި އަނބިކަނބަލުންވެސް ބައިވެރިވެވަޑައިގަތެވެ.