Advertisement

ވެން ޑައިކް އަށް ގިނަ ޓީމުތަކެއްގެ އޮފާތަކެއް

2 މޭ 2024 - 15:38 0


ވެން ޑައިކް އަށް ގިނަ ޓީމުތަކެއްގެ އޮފާތަކެއް

2 މޭ 2024 - 15:38 0

ލަންޑަން (މެއި 2) - ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކަށް ގިނަ ކްލަބްތަކެއްގެ ހުށަހެޅުންތަކެއް ލިބެމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި ސީޒަނަށް ފަހު، ލިވަޕޫލްގެ ކޯޗުކަމުން ޔާގަން ކްލޮޕް ވަކިވާނެކަން އިއުލާނުކުރުމާ އެކު، ވެން ޑައިކްގެ މުސްތަގުބަލާ މެދު ވެސް ސުވާލު އުފެދުނެވެ. އެއިރު، ވެން ޑައިކް، 32، ދިން އިންޓަވިއުއެއްގައި ބުނީ މުސްތަގުބަލާ ބެހޭގޮތުން ވަކި އެއްޗެއް ބުނަން އެނގޭނީ ސީޒަނަށް ފަހު ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ވެން ޑައިކް އަށް ވަނީ އިޓަލީ އާއި ސްޕެއިންގެ އިތުރުން ސައުދީ އަރަބިއްޔާގެ ޓީމުތަކުން ހުށަހެޅުން ލިބިފަ އެވެ. އެންމެ ފަހުން އެ ރޭހަށް ވަދެފައިވާ ކްލަބަކީ ބަޔާން މިއުނިކް އެވެ.

ސައުތެމްޓަން ދޫކޮށް، 2018 ވަނަ އަހަރުގެ ޖެނުއަރީގައި ވެން ޑައިކް ލިވަޕޫލަށް ބަދަލުވީ 94 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. މިއީ އޭރަށް ބަލާނަމަ ޑިފެންޑަރަކަށް ކްލަބަކުން ދިން އެންމެ ބޮޑު ޓްރާންސްފާ ފީ އެވެ. އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ލިވަޕޫލާ ގުޅުމަށް ފަހު ވެން ޑައިކް ތަފާތު މޮޅަށް ކުޅުނެވެ. އަދި އިންޑިވިޖުއަލް އެވޯޑްތަކަށް ވެސް ވަނީ ވާދަކޮށްފަ އެވެ.

ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ހެދި، ކޮންމެ ވެސް ވަރަކަށް ފޯމު ގެއްލުނު ނަމަވެސް މިދިޔަ ސީޒަނުން ފެށިގެން ވެން ޑައިކް އަންނަނީ މަޑުމަޑުން ކުރީގެ ލެވަލަށް ކުޅެމުންނެވެ. ވެން ޑައިކް، ލިވަޕޫލާ އެކު ކޮންޓްރެކްޓްގައި ހުރީ އަންނަ ސީޒަނުގެ ނިޔަލަށެވެ.

އެހެންކަމުން، ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވާ ނެދަލެންޑްސްގެ ކޯޗު، އާން ސްލޮޓް އަށް އެންމެ ފުރަތަމަ ވެސް ކުރަން ޖެހޭނެ އެއް ކަމަކީ، ވެން ޑައިކްގެ މުސްތަގުބަލާ ގުޅޭ ނިންމުންތައް ކްލަބްގެ ފަރާތުން އަވަސްކުރުމެވެ.