Advertisement

ހުލާސާކޮށް އިއްޔެ: އުޖޫރައިގެ ހަމަހަމަކަން ނެތުމުގެ ކަންބޮޑުވުން

2 މޭ 2024 - 06:44 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ސަރުކާރުގެ މައި އޮފީސް އިމާރާތް ވެލާނާގެ އަށް މުވައްޒަފުންތަކެއް ވަނުމަށް މަގު ހުރަސް ކުރަނީ. -- ފޮޓޯ: އަދަދު


ހުލާސާކޮށް އިއްޔެ: އުޖޫރައިގެ ހަމަހަމަކަން ނެތުމުގެ ކަންބޮޑުވުން

2 މޭ 2024 - 06:44 0

ސިވިލް ސާވިސް މުވައްޒަފުންގެ އުޖޫރައިގެ ހަމަހަމަކަން ނެތުމުގެ ކަންބޮޑުވުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހު އިއްޔެ ފާޅުކުރެއްވި އެވެ.

ސިވިލް ސާވިސް ދުވަހާއި, ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހު މުނާސަބަތުގައި ނާސިހު ނެރުއްވި ހިތާބުގައި ވިދާޅުވީ, މަސައްކަތުގެ އުޖޫރަ މަތިކޮށް, އުޖޫރައިގެ ހަމަހަމަކަން ގާއިމުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ސިއްހީ އަދި ތައުލީމީ ދާއިރާގެ ބައެއް މުވައްޒަފުންނަށް އުޖޫރައިގެ ކުރިއެރުން ލިބިފައިވާ ކަމަށެވެ.

އެހެން ނަމަވެސް, ސިވިލް ސާވިސްގެ ގިނަ ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެ ކުރިއެރުން ލިބިފައިނުވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ, އެއީ ގާބިލު މުވައްޒަފުން ހޯދަން ދިމާވާ އުނދަގުލެއް ކަމަށާއި, މިހާރު ތިބި މުވައްޒަފުން މާޔޫސްކުރުވާ ކަމެއް ކަމަށެވެ.

"އުޖޫރައިގެ ހަމަހަމަކަން ގާއިމުނުވެ ހޭދަވާ ކޮންމެ ދުވަހަކީ ސިވިލް ސާވިސްގެ ދާއިރާތަކަށް ގާބިލު މީހުން ލިބުމުގެ ދަތިކަން ތަހަންމަލު ކުރަން ޖެހޭ އަދި ހިދުމަތުގައި މިހާރުވެސް ދެބިތިބި މިފަދަ މުވައްޒަފުންނަށް ނުތަނަވަސްކަމާއި މާޔޫސްކަމާއި ކުރިމަތިލާންޖެހިފައިވާ ދުވަހެއްކަން ފާހަގަކުރަން" ނާސިހު ވިދާޅުވި އެވެ.

ސިވިލް ސާވިސްގެ ހުރިހާ ފަންތިއަކާއި ގިންތިތަކެއްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް އުޖޫރައިގެ ކުރިއެރުން ދިނުމާ އެކު އުޖޫރައިގެ ހަމަހަމަކަން ގާއިމުކޮށްދޭން ސަރުކާރަށް އޭނާ އިލްތިމާސްކުރެއްވި އެވެ.

ހިތާބުގައި ނާސިހު ވިދާޅުވީ, ޒަމާނާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ހިދުމަތް ދިނުމުގެ ވައްޓަފާޅިއަށް އައި ބަދަލުގެ ސަބަބުން, ހިދުމަތުގެ އާންމު މިންގަނޑެއްގެ ގޮތުގައި ރައްޔިތުން ބަލައިގަންނަ މިންގަނޑު ބޮޑުތަނުން އުފުލިފައިވާ ކަމަށެވެ. އެހެންކަމުން ޒަމާނީ ފެންވަރެއްގައި އަވަސް ހިދުމަތްތަކެއް ދިނުމުގެ ޒިންމާއާއި ވާޖިބު އަދާކުރާ ސިވިލް ސާވެންޓުންގެ ހުނަރާއި ގާބިލުކަން މަތިކުރުމަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުހިއްމު ބައެއް ހަބަރު