Advertisement

އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް: ސިންގަލްސްގައި ރާއްޖެ އަށް ދެވުނީ ކުއާޓާއާ ހަމައަށް

1 މޭ 2024 - 21:37 0


އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް: ސިންގަލްސްގައި ރާއްޖެ އަށް ދެވުނީ ކުއާޓާއާ ހަމައަށް

1 މޭ 2024 - 21:37 0

ރާއްޖޭގައި ކުރިއަށްދާ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕުގެ ކުއާޓާ ފައިނަލާ ހިސާބުން ރާއްޖޭގެ ކުޅުންތެރިންނަށް މުބާރާތް ނިމިއްޖެ އެވެ.

މި މުބާރާތުގެ ޓީމް އިވެންޓުން އަންހެން ކެރަމް ޓީމުން ލޯ މެޑަލް ހޯދިއިރު, ފިރިހެން ޓީމުން ވަނީ ރިހި މެޑަލް ހޯދާފަ އެވެ. އަދި މުބާރާތުގެ ޑަބަލްސް އިވެންޓުން ރާއްޖޭގެ އިސްމާއިލް އަޒްމީން އާއި ހަސަން ނާޒިމް (ނާނަ) ގެ ޕެއާ ވަނީ ރިހި މެޑަލް ހޯދާފަ އެވެ.

ރޭ ކުރިއަށްދިޔަ ސިންގަލްސް ކުއާޓާ ފައިނަލަށް ދަތުުރުކުރީ ރާއްޖޭގެ އިސްމާއިލް އަޒްމީން އާއި އާމިނަތު ވިދާދު އެވެ. ފިރިހެން ސިންގަލްސްގެ ކުއާޓާގައި އަޒްމީން ނުކުތީ އިންޑިއާގެ ކޭ ސްރިނިވާސް އަތުންނެވެ. ސްރިނިވާސް މި މެޗު ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ.

އަންހެން ސިންގަލްސް ކުއާޓާގައި ރާއްޖޭގެ ވިދާދު ނުކުތީ އިންޑިއާގެ ކޭ ނާގަޖޯތީއާ ދެކޮޅަށެވެ. މި މެޗުގެ ފުރަތަމަ ސެޓު ވިދާދު ކާމިޔާބުކުރި ނަމަވެސް ޖެހިގެން އައި ދެ ސެޓު ނަގާޖޯތީ ވަނީ ގެންގޮސް މެޗުން މޮޅުވެފަ އެވެ.

މިއަދު ކުޅުނު ސިންގަލްސް ފައިނަލުގައި ވާދަކޮށް ޗެމްޕިއަންކަން ހޯދީ މުހައްމަދު ގަފްރާން އެވެ. ފައިނަލުގައި އޭނާ ވާދަކުރީ ކުއާޓާގައި އަޒްމީން ބަލިކުރި ކޭ ސްރިނިވާސް އާ ދެކޮޅަށެވެ.

އަންހެން ސިންގަލްސް ފައިނަލުގައި ވާދަކޮށް ޗެމްޕިއަންކަން ހޯދީ ރާޝްމީ ކުމާރީ އެވެ.

އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް މި އަހަރު މި ބާއްވަނީ 10 އަހަރުގެ މެދު ކެނޑުމަކަށްފަހު އެވެ. މި މުބާރާތް ކުރިއަށް ދާނީ އަންނަ މެއި މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ފަހަރުގެ މުބާރާތުގައި އޭޝިއާ ބައްރުގެ ހަތް ގައުމަކުން 100 އަށް ވުރެ ގިނަ އެތުލީޓުން ވަނީ ބައިވެރިވެފަ އެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ހަތް ގައުމަކީ ރާއްޖޭގެ އިތުރުން, އިންޑިއާ ސްރީލަންކާ, ބަންގްލަދޭޝް ދެކުނު ކޮރެއާ, މެލޭޝިއާ އަދި ސިންގަޕޫރެވެ.