Advertisement

އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް: އަޒްމީން އާއި ނާނަގެ ޕެއާ އަށް ތާރީހީ ރިހި މެޑަލް

29 އޭޕްރީލް 2024 - 12:44 0


އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް: އަޒްމީން އާއި ނާނަގެ ޕެއާ އަށް ތާރީހީ ރިހި މެޑަލް

29 އޭޕްރީލް 2024 - 12:44 0

ރާއްޖޭގައި މިހާރު ކުރިއަށްދާ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގެ ފިރިހެން ޑަބަލްސް ފައިނަލުގައި ވާދަކޮށް ރާއްޖޭގެ އިސްމާއިލް އަޒްމީން އާއި ހަސަން ނާޒިމް (ނާނަ) ގެ ޕެއާ އިން ރިހި މެޑަލް ހޯދައިފި އެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މި މުބާރާތުގެ ޑަބަލްސް ބައިގެ ފައިނަލުގައި ރާއްޖޭގެ ޕެއާ އިން ނުކުތީ އިންޑިއާގެ ސަންދީޕް ދީވޭ އާއި ޖުގަލް ކިޝޯރްގެ ޕެއާ އާ ދެކޮޅަށެވެ.

މި މެޗު އިންޑިއާގެ ޕެއާ އިން ވަނީ ކާމިޔާބު ކޮށްފަ އެވެ. އެހެންވެ, ރާއްޖޭގެ ޕެއާ އަށް ލިބުނީ ރިހި މެޑަލް އެވެ. މިއީ އޭޝިއާގެ މުބާރާތުން ރާއްޖޭގެ ޕެއާ ރިހި މެޑަލް ހޯދި ފުރަތަމަ ފަހަރެވެ.

އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް މި އަހަރު މި ބާއްވަނީ 10 އަހަރުގެ މެދު ކެނޑުމަކަށްފަހު އެވެ. މި މުބާރާތް ކުރިއަށް ދާނީ އަންނަ މޭ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ. މި ފަހަރުގެ މުބާރާތުގައި އޭޝިއާ ބައްރުގެ ހަތް ގައުމަކުން 100 އަށް ވުރެ ގިނަ އެތުލީޓުން ވަނީ ބައިވެރިވެފަ އެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ހަތް ގައުމަކީ ރާއްޖޭގެ އިތުރުން, އިންޑިއާ ސްރީލަންކާ, ބަންގްލަދޭޝް ދެކުނު ކޮރެއާ, މެލޭޝިއާ އަދި ސިންގަޕޫރެވެ.

މި މުބާރާތުގައި މިއަދު ކުރިއަށްދާނީ ޓީމް އިވެންޓުގެ މެޗުތަކެވެ.