Advertisement

އަހަރެއްގެ ތެރޭ އަބްރަހަމްގެ ފުރަތަމަ ލަނޑު

29 އޭޕްރީލް 2024 - 10:13 0


އަހަރެއްގެ ތެރޭ އަބްރަހަމްގެ ފުރަތަމަ ލަނޑު

29 އޭޕްރީލް 2024 - 10:13 0

ރޯމް، އިޓަލީ (އޭޕްރީލް 29) - އިނގިރޭސި ފޯވާޑް ޓަމީ އަބްރަހަމް އަހަރެއްގެ ތެރޭ ޖެހި ފުރަތަމަ ގޯލާ އެކު، އިޓާލިއަން ލީގުގައި ރޭ ރޯމާ އިން 2-2 އިން ނަޕޯލީއާ އެއްވަރުކޮށްފި އެވެ.

ލީގު ޗެމްޕިއަން އިންޓަ މިލާނުން ވަނީ، ހަކަން ޗަނޮނޮގްލޫގެ ދެ ގޯލާ އެކު، 2-0 އިން ޓޮރިނޯ ބަލިކޮށްފަ އެވެ. އިންޓަ، އެއް ވަނައިގައި އޮތީ 34 މެޗުން 89 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އޭސީ މިލާނާއި ތިން ވަނައިގައި އޮތް ޔުވެންޓަސް ވަނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފަ އެވެ. މިލާނަށް 34 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި ޔުވެންޓަސް އޮތީ 34 މެޗުން 65 ޕޮއިންޓާ އެކު އެވެ.

ހަތަރެއްގައި އޮތް ބޮލޯނިއާ އަށް 34 މެޗުން 63 ޕޮއިންޓް އޮތްއިރު، ފަސް ވަނައިގައި އޮތް ރޯމާ އަށް 34 މެޗުން ލިބުނީ 59 ޕޮއިންޓެވެ.

ރަށުންބޭރުގައި ކުޅުނު ރޯމާ އިން 59 ވަނަ މިނިޓްގައި ލީޑުނެގީ، ޕައޮލޯ ޑިބާލާ ޖެހި ޕެނަލްޓީންނެވެ. އޭގެ ހަ މިނިޓް ފަހުން، މަތިއަސް އޮލިވޭރާ ވަނީ ލަނޑެއް ޖަހައި، ނަތީޖާ އެއްވަރުކޮށްފަ އެވެ. ނަަޕޯލީން ވަނީ 84 ވަނަ މިނިޓްގައި، ވިކްޓަ އޮސީމެންގެ ޕެނަލްޓީން ލީޑުނަގައިފަ އެވެ.

އޭގެ ހަތަރު މިނިޓް ފަހުން، އަބްރަހަމް ވަނީ ލަނޑެއް ޖަހައި އެއްވަރުކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުގެ ފަހުން އަބްރަހަމް ޖެހި ފުރަތަމަ ގޯލެވެ. އަބްރަހަމް މި މަހު ކުރީކޮޅުގައި ކުޅުމަށް އެނބުރި އައީ ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއަކުން ރަނގަޅުވެގެންނެވެ.