Advertisement

އިންޑިއާ ދަތުރު ކެންސަލްކޮށް، އިލޮން މަސްކު ޗައިނާއަށް

29 އޭޕްރީލް 2024 - 06:24 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިލޮން މަސްކު: އިންޑިއާ ދަތުރު ފަސްކޮށް ޗައިނާއަށް ވަނީ ގޮސްފައި -- ފޮޓޯ: ސީސީޓީވީ


އިންޑިއާ ދަތުރު ކެންސަލްކޮށް، އިލޮން މަސްކު ޗައިނާއަށް

29 އޭޕްރީލް 2024 - 06:24 1

ޓެސްލާގެ ސީއީއޯ އަދި ބިލިއަނަރު އިލޮން މަސްކު އިންޑިއާ އަށް ދިޔުމަށް ރާވާފައި ދަތުރު ކެންސަލްކޮށް، ޗައިނާއަށް ގޮސްފި އެވެ.

މަސްކު އިންޑިއާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރު މިދިޔަ ހަފްތާގައި ކެންސަލް ކޮށްފައި ވާއިރު، އޭނާ ޗައިނާއަށް ގޮސްފައި ވަނީ އިއްޔެ އެވެ.

މަސްކު އިންޑިއާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކޮށް، އިންޑިއާ މާކެޓަށް ޓެސްލާ ނެރޭނެކަން އިއުލާން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މަސްކު މިހާރު ޗައިނާއަށް ގޮސްފައި ވާއިރު، އެ ދަތުރުގައި ޗައިނާގެ އިސްވެރިންނާ ބައްދަލުކޮށް، ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް ބައެއް މަޝްވަރާތައް ކުރާނެ އެވެ.

މަސްކު ޗައިނާއަށް ކުރާ ދަތުރާ ބެހޭ މާ ބޮޑު ތަފްސީލެއް މިހާތަނަށް ހާމަ ކޮށްފައި ނުވާއިރު، އިންޑިއާ ދަތުރު ކެންސަލްކޮށް ޗައިނާއަށް ދިޔުމުން ބައެއް މީހުން ދަނީ އެކަމާ ސުވާލު އުފައްދަމުންނެވެ.

ޗައިނާއަކީ މަސްކުގެ ޓެސްލާ ދެ ވަނަ އަށް އެންމެ ބޮޑު މާކެޓެވެ. އަދި މަސްކު އަންނަނީ ޗައިނާގައި އެކި ވިޔަފާރިތައް ވެސް ހިންގަމުންނެވެ.

ޗައިނާ ދަތުރު ނިންމާލުމަށްފަހު މަސްކު ދެން ދާނެ ގައުމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. އަދި އޭނާ އިންޑިއާއަށް ދާނެ ދުވަހެއް ވެސް އަދި ހާމައެއް ނުކުރެ އެވެ.