Advertisement

ދިގު މުއްދަތަށް ހިދުމަތް ކުރާ ސިފައިންނަށް ދޫކުރާ ގެދޮރު މިލްކުވާ ގޮތް ހަދަނީ

27 އޭޕްރީލް 2024 - 19:43 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޣައްސާން މައުމޫން: ދިގު މުއްދަތަށް ހިދުމަތްކުރާ ސިފައިންގެ ގެދޮރުވެރިކަން މިލްކުވާ ގޮތް ހަމައްސަން އުޅޭ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


ދިގު މުއްދަތަށް ހިދުމަތް ކުރާ ސިފައިންނަށް ދޫކުރާ ގެދޮރު މިލްކުވާ ގޮތް ހަދަނީ

27 އޭޕްރީލް 2024 - 19:43 0

ދިގު މުއްދަތަށް ހިދުމަތްކުރާ ސިފައިންނަށް ދޫކުރާ ގެދޮރު މިލްކުވާ ގޮތަށް ހަމަޖައްސައި ދިނުމަށް ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފްގެ 70 ވަނަ އަސާސީ ތަމްރީން ކޯސް ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ޣައްސާން ވިދާޅުވީ ދިގު މުއްދަތަށް ހިދުމަތް ކުރައްވާ ސިފައިންނަށް ގެދޮރުވެރިކަން މިލްކު ކުރެވޭ ގޮތް ހަމަޖައްސައި ދެއްވަން ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.

ރައީސް މުއިއްޒުގެ ދުރު ވިސްނުންފުޅުގެ ދަށުން އެއްގަމާއި ކަނޑާއި ވައިގެ ހަތިޔާރާއި ވަސީލަތް ސިފައިންނަށް ހޯދައިދެއްވުމުގެ އިތުރުން ސިފައިންނަށް ބޭނުންވާ ފަރުދީ ކަންކަން ވެސް ހާސިލްކޮށްދިނުން ކަމަށް ޣައްސާން ވިދާޅުވި އެވެ.

"ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެން އަސްކަރީ ނޫން ގައުމަށް ފައިދާވާ އެހެން ދާއިރާތަކުން ވެސް މިސާލަކަށް އިންޖިނިއަރަކަށް ވާން ބޭނުންވާ ކުއްޖެއް އިންޖިނިއަރިން ޑިގްރީއަށް، ޑޮކްޓަރަކަށް ވާން ބޭނުންވާ ކުދިން މެޑިސިންގެ ސްކޮކޮލާޝިޕްގެ ފުރުސަތުތައް ހޯދައިދެއްވުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ވަނީ ފަށްޓަވާފައި،" ގައްސާން ވިދާޅުވި އެވެ.

ސްކޫލް ނިމިގެން ސިފައިންގެ ހިދުމަތަށް ނިކުންނަ ކުދިން ސިފައިންގެ ސްކޮލާޝިޕްގައި ބޭރުން ކިޔަވައިގެން އައިސް، ސިފައިންގެ ހިދުމަތުގެ ތެރެއިން ގައުމަށް ހިދުމަތް ކުރަމުން ހަރަފަތަކަށްފަހު ހަރުފަތެއް ގިރާކޮށް އަބުރުވެރި ދިރިއުޅުމެއް އުޅެވޭ ހާލުގައި ރިޓަޔާ ކުރެވޭނެ ފުރުސަތު އޮންނާނެ ކަމަށް ޣައްސާން ވިދާޅުވި އެވެ.

ޣައްސާން ވިދާޅުވީ ސިފައިންގެ ހިދުމަތާ ގުޅޭ ފަރާތްތަކުން އަސްކަރީ ނޫން ގައުމަށް ފައިދާ ހުރި ދާއިރާތަކުން ކުރިއަށް ދެވޭނެ ފުރުސަތު ހޯދައިދެއްވުމަށް ރައީސް މުއިއްޒު ދަނީ މަސައްކަތް ކުރައްވަމުން ކަމަށެވެ.

ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އިމާރާތް ކުރަން ފެށި "ސިފްކޯ ހިޔާ" މަޝްރޫއު ނިންމައި، 10 އަހަރު ފަހުން ސިފައިންގެ އާއިލާތަކާއި ތަޅުދަނޑި ހަވާލު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގަ އެވެ.

ސިފްކޯ ހިޔާގެ ތިން ޓަވަރުގައި ހިމެނެނީ ތިން ކޮޓަރީގެ 330 ހައުސިން ޔުނިޓެވެ. މިއިން ކޮންމެ ޔުނިޓެއްގައި 1،100 އަކަފޫޓުގެ ޖާގަ ހުރެ އެވެ.